Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 11:21
ޖަލީލާއި އެހެން ބަޔަކާއި މެދު ހިނގި ދެބަސްވުމެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން
ޖަލީލާއި އެހެން ބަޔަކާއި މެދު ހިނގި ދެބަސްވުމެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން
ރާއްޖެއެމްވީ
މަކަރާއި ހީލަތުގެ މައްސަލަ
އިސްލާމިކް މިނިސްޓަރުގެ ނައިބު ޖަލީލު ދެ އަންހެނެއް ފިހާރައަކުން ގަދަކަމުން ކޮއްޕާ ނެރެން އުޅުނު ވީޑިއޯއެއް އާއްމުވެއްޖެ
ފިހާރަތެރޭގައި ހުރި އަންހެން މީހާ ގައިގައި ޖެހިގަނެ ގަދަކަމުން ކޮއްޕާލާތަން ފެނޭ
ފޯޖްކޮށްގެން އެގްރީމެންޓެއް ބާތިލްކުރިކަމަށް ތުހުމަތުކުރެވޭ

ސަލްމާން މިސްކިތުގެ އިމާމު އަދި އިސްލާމިކް މިނިސްޓަރުގެ ނައިބު ޖަލީލު ދެ އަންހެނަކު ފިހާރައަކުން ގަދަކަމުން ކޮއްޕާ ނެރެން އުޅުނު ވީޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯގައި އެ ފިހާރަައިގެ ތެރޭގައި ތިބި ދެ އަންހެނުންނާއި ދިމާލަށް "ގައިގައިވެސް އަތްލެވޭނެ" ކަމަށާއި، "ގައިގައި އަތްލާފައި ދައްކަންވީތަ" ބުނާ އަޑު އިވެއެވެ. އަދި އެތަނުން އެތެރޭގައި ހުރި އަންހެން މީހާގެ ގައިގައި ޖެހިގަނެ އޭނާ ކޮށްޕާ ފިހާރައިން ބޭރުކޮށް ދޮރުލައްޕަން އުޅޭތަން ފެނެއެވެ.

Advertisement

2 މިނެޓުގެ މި ވީޑިއޯގައި އެ ފިހާރައިން ނުކުތުމަށް ބުނެ އެ ދެ އަންހެނުންނަށް އިންޒާރުދެއެވެ. އަދި ދެ އަންހެނުންގައިގައި އަތްލާ ބޭރުކުރަން އުޅުމުން އެތަނުގައި ތިބި މީހުން ފުލުހުންނަށް ގުޅަން ބުނާ އަޑުވެސް އިވެއެވެ. އަދި އެ ދެއަންހެނުން ކޮށްޕާ ބޭރުކުރަން އުޅުމުން، އެތަނުގައި ތިބި ބަޔަކު އަޑުގަދަކުރުމުން، ޖަލީލު ވަނީ އެތަނުން ފިލަން މަސައްކަތްކޮށް، ފުލުހުން ގޮވައިގެން އަންނާނެކަމަށް ބުނެ ދާން އުޅެފައެވެ.

އަދި އިރުކޮޅެއްފަހުން އަނެއްކާވެސް ފިހާރައަށް ވަދެ ތަޅުދަނޑި ނަގައިގެން ނުކުމެ އެތަނުން އަންހެނެއް ފިހާރަތެރޭގައި ބަހައްޓާފައި ތަޅުލާން އުޅޭތަން ވީޑިއޯއިން ފެނެއެވެ.

މިކަމާއި ގުޅިގެން ދައުރުވަމުންދާ އެހެން ވީޑިއޯތަކެއްގައި އެ ދެ އަންހެނުން ޖަލީލު ފަހަތުން ސައިކަލުގައި ދާއިރު، ޖަލީލު އިންޒާރުދީ ވަގަށް ނުގޮވުމަށާއި، އެކަހަލަ ކަންތައްތައް ނުކުރުމަށް ބުނެ އިނގިލި ދިގުކޮށް އިންޒާރުދެމުންދެއެވެ. އަދި މި ސަރުކާރުގައި ބިރު ނުދެއްކޭނެކަމަށް ޖަލީލު ބުނެ އެ ދެއަންހެނުންނަށް އިންޒާރުދިންކަމަށް ވީޑިއޯގައި އެމީހުން ބުނާ އަޑު އިވެއެވެ.

މި މައްސަލައަކީ ވަގަށް ލިޔުންތަކެއް ފޯޖްކޮށްގެން އުޅޭ މައްސަލައެއްކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ޖަލީލުއާއި އެކު ވިޔަފާރީގައި ބައިވެރިވާ އަނެއް ހިއްސާދާރު މަރުވުމުން، ލިޔުންތައް ފޯޖްކޮށް ވިޔަފާރި އޭނާގެ ނަންމައްޗަށް ބަދަލުކޮށް އޮޅުވާލަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވީޑިއޯގައި ފިހާރަތެރެއިން ފެންނަ ދެމީހުން ވަނީ "މޮބައިލް ޕްލަސް ޑޮކްޓަރ" ފިހާރަ ކައިރިއަށް އައި ފުލުހުންނަށް އެއިރު ހަދާފައިވާ އެގްރީމެންޓްވެސް ދައްކާފައެވެ. އަދި އެގްރީމެންޓުގައިވާ ގޮތުން އެ އެގްރީމެންޓަކީ 2021 ވަނަ އަހަރުގެ އެގްރީމެންޓެކެވެ. އަދި ވިޔަފާރީގެ އަނެއް ބައިވެރިޔާ 2022 ވަނަ އަހަރު މަރުވުމުން، އެއްބަސްވުމަށް ބަދަލުގެނެސް ފޯޖްކޮށްގެން ޖަލީލުގެ ނަންމައްޗަށް ވިޔަފާރި ބަދަލުކޮށްގެން އުޅޭކަމަށް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މި ވީޑިއޯގައި "ބައްޕަ މަރާލާފައި" ތަނާ އެއްޗެހި ނަގައިގެން އުޅޭ ކަމަށާއި، ކުޑަކުދިންތަނެއް މަގުމަތިކޮށްލައިގެން އުޅޭކަމަށް ބުނެއެވެ. އަދި ޖަލީލު އެތަނުގައި ހުރެގެން ދެއްކި އެގްރީމެންޓަކީ ވެސް މުއްދަތު ހަމަވެފައިވާ އެގްރީމެންޓެއްކަމަށް އެތަނުގައި ހުރި އަންހެން މީހާ ބުނާ އަޑު އިވެއެވެ.

އަދި އެތަނުން އެ ދެ އަންހެނުން ނުނެރެވިގެން އުޅެނީ ކީއްވެގެންތޯ ފުލުހުންނާ ދިމާލަށް ރުޅިވެރިގޮތަކަށް "ކަލޭމެންނަށް މި މީހުން ނުނެރެވިގެން އުޅެނީ ކީއްވެގެން" ތޯ ބުނާ އަޑު އިވެއެވެ.

އާންމުވެފައިވާ ވީޑިއޯގައި 2022 ވަނަ އަހަރުގެ އެގްރީމެންޓެއް ޖަލީލުވެސް ފުލުހުންނަށް ދައްކައެވެ. ނަމަވެސް އެ އެގްރީމެންޓުގައި އޮތް އެއްޗެއް އެހެން މީހަކު ކިޔަންނުދެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ފިހާރައެއްގެ ތެރޭގައި ދެ ފަރާތުގެ މެދުގައި ހިނގި ހިތްހަމަނުޖެހުމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދިނެވެ.

Advertisement

Advertisement
- ކޮމެންޓް