Advertisement
ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 11:27
ލ.ގަން - ލ ގަމު ތުނޑި ވިލޭޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ވަނީ މައުލޫމާތު ލިބިފަ
ލ.ގަން - ލ ގަމު ތުނޑި ވިލޭޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ވަނީ މައުލޫމާތު ލިބިފަ
-
ބޮގަރު ވިޔަފާރި
ބޮގަރު ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ލ ގަމުން ބަޔަކު ހައްޔަރު ކޮށްފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަހުގީގު ކުރަމުން
މި މައްސަލައާއި ގުޅިގެން 42 އަހަރުގެ މީހަކާއި، 57 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވޭ
ޚަބަރުގެ އޯޑިއޯ

ބޮގަރު ވިއްކާ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ލ ގަމުން ބަޔަކު ހައްޔަރު ކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ލ ގަމު ތުނޑި ވިލޭޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ގޭގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ 24 ގްރާމް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

އޭގެ އިތުރުން، ބޮގަރުކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރުނބާ އަދި 5 ލީޓަރުގެ ފުޅިއަކާއި، ބޮގަރު ތައްޔާރު ކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން 42 އަހަރުގެ މީހަކާއި، 57 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް