Advertisement
ކ. މާލެ
|
8 އޯގަސްޓް 2024 | ބުރާސްފަތި 10:08
ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލަ
ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލަ
ރާއްޖެއެމްވީ
ޕޮންޒީ ސްކީމް
ޕޮންޒީ ސްކީމް: އަލްހާނުގެ 3 ބެއިންގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތައް އިއްވައިފި
ހުށަހަޅާފައިވަނީ، ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާ
ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން ދައުވާއާ ގުޅޭގޮތުން އިތުރަށް ސާފު ކުރަން ބޭނުންވާ ބައެއް ކަންކަން ހުރިކަމަށް ދިފާއުން ބުނޭ
މި ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވޭ

ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާގޮތަށް، ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީއާއި ޝަޒްބާން ފަހުމީ، އަދި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާއެވެ.

އެ ދައުވާތައް ހުށަހެޅިފައިވާކަމަށް ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ކަނޑައަޅުއްވާފައެވެ.

ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ދައުވާއަށް ޖަވާބުދާރީ ވުމުގެ ކުރިން ދައުވާއާ ގުޅޭގޮތުން އިތުރަށް ސާފު ކުރަން ބޭނުންވާ ބައެއް ކަންކަން ހުރިކަން ފާހަގަ ކުރައްވާފައެވެ. އެހެންވެ ގާޒީ ވަނީ އެކަންކަން ލިއުމުން ޕީޖީ އޮފީހާ ހިއްސާކޮށް، ކޯޓަށް އެ ލިއުން ހިއްސާ ކުރުމަށް ދަންނަވާފައެވެ.

Advertisement

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާތަކަށް ޖަވާބުދާރީ ވުމެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައި ވެއެވެ. މި މައްސަލާގައި ދައުވާކޮށްފައިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ސްކީމާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި، އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އެ މައްސަލާގައި އިތުރު ދައުވާތައް ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ދައުލަތުން ބުނާ ގޮތުގައި މި ދައުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާން ފަހުމީއާއި، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް ޕވޓ ލޓޑ.ން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ އޮޅުވާލައިގެން ފައިސާ ޓެކުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް