Advertisement
ކ. މާލެ
|
25 ޖުލައި 2024 | ބުރާސްފަތި 13:38
ޕާކު ކޮށްފަައި ހުރި ސައިކަލްތަކެއް (ފައިލް ފޮޓޯ)
ޕާކު ކޮށްފަައި ހުރި ސައިކަލްތަކެއް (ފައިލް ފޮޓޯ)
ރާއްޖެއެމްވީ
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވުން
މާލެ ސަރަހައްދުގައި 118،000 ވެހިކަލް، ވެހިކަލް މަދުކުރަން ބައިބެކް ޕްލޭނެއް އެކުލަވާލަނީ
ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ކަމަށް ސަރުކާރުން ބުނޭ
ތަފާތު ލޯންސްކީމް މެދުވެރިކޮށް އުޅަނދުތައް ނެގުމަށް ފަހު ފައިސާ ދައްކަން އުނދަނގޫވެފައިވާ އުޅަނދުތައް ހުރިކަމަށް ސަރުކާރުން ބުނޭ
އެކެއްގެ ނަންމަތީގައި ގިނަ އަދަދެއްގެ އުޅަނދުތައް ހުރިކަމަށް ސަރުކާރުން ބުނޭ

ވެހިކަލް މަދުކުރަން ބައިބެކް ޕްލޭނެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާ އާއްމުކުރި "މާލެފަހި" ޕްރޮގްރާމުގައި އެކަމުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ.

Advertisement

މާލެ ސަރަހައްދުގައި 118،000 ވެހިކަލް އެބަ ހުރި ކަމަށް އެ ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ހިމެނޭ ފޮތުގައި ވަނީ ބުނެފައެވެ. އަދި އެކެއްގެ ނަންމަތީގައި ގިނަ އަދަދެއްގެ އުޅަނދުތައް ހުރިކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ތަފާތު ލޯންސްކީމް މެދުވެރިކޮށް އުޅަނދުތައް ނެގުމަށް ފަހު ފައިސާ ދައްކަން އުނދަނގޫވެފައިވާ އުޅަނދުތައް ހުރިކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެގޮތަށް ހުރި އުޅަނދުތަކުގެ ތެރޭގައި ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ނެތުމުން އުޅަނދުގެ ބެނުން ނުކުރި ނަމަވެސް އުޅަނދު މަގުމަތީގައި ބަހައްޓައިގެން ގިނަ ދުވަހު ގެންގުޅެން ޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ އުޅަނދުތައް ވިއްކާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ބައިބެކް ނިޒާމެ އެކުލަވާލާ އުޅަނދުގެ އިވަލުއޭޝަން ހެދުމަށް ފަހު ވެރިފަރާތުގެ އަތުން އުޅަނދުތައް ގަނެ ރީސައިކަލް ކުރުމަށް ހަމެހިފައިވާ ކަމަށް ވަނީ ބުނެފައެެވެ. ހަމައެހެންމެ އުޅަނދުތައް ރީއެކްސްޕޯޓްކުރުމާއި ބާދަގަނޑުގެ ގޮތުގައި އެކްސްޕޯޓްކުރުމަށް ނިޒާމެއް ޤާއިމްކޮށް އިންތިޒާމް ހަމަޖެއްސުމަކީ މަގުތައް ތޮއްޖެހުން ކުޑަވާނެ ކަމެއް ކަމަށް މާލެ ފެހި ޕްރޮގްރާމްގައި އާއި ބެހޭ މައުލޫމާތު ފޮތުގައި ވަނީ ބުނެފައެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުން އެ ފޮތުގައި ބުނެފައި ވަނީ އިވަލުއޭޝަނަށް ފަހު ވަގުތުން ފައިސާ ދީފައި ގަންނަނ ނަމަ 18% އާއި 21% އާއި ދެމެދުގެ އުޅަނދު ދޫކޮށްލާނެކަން ކުރެވުނު ސަރވޭއިން އެނގޭ ކަމަށެވެ. އެހެންކަމަށްވުމާއި އެކު ކުރިއަށް އޮތް 3 އަހަރުގެ ބަޖެޓްގައި ހިމަނައިގެން މާލެ ސަރަހައްދުން އުޅަނދު މަދުކުރުމަށް ބައިބެކް ޕްރޮގްރާމެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ފޮތުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް