ކ. މާލެ
|
28 ޖޫން 2024 | ހުކުރު 09:40
ޑައިމޯފިންގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހާ
ޑައިމޯފިންގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހާ
ޕޮލިސް
ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލަ
ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން ދިވެއްސަކު ހޯދަނީ
ހޯދަމުންދަނީ ކ. މާފުށި / ހަނދުވަރުދޭގެ، މުހައްމަދު ނަސީމް

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން 42 އަހަރުގެ ދިވެއްސަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާފުށި / ހަނދުވަރުދޭގެ، މުހައްމަދު ނަސީމް (42އ) އެވެ.

މުހައްމަދު ނަސީމް ހޯދަމުންދަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 ޖޫން 30 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.  

މުޙައްމަދު ނަސީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް