ކ. މާލެ
|
7 ޖޫން 2024 | ހުކުރު 00:50
ރެއާލަށް ބަދަލުވި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ރެއާލަށް ބަދަލުވި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ރޮއިޓާސް
ރެއާލް މެޑްރިޑް
އެމްބާޕޭ ރެއާލަށް، ތާރީޚުގައި ވެސް އެންމެ އަގު ބޮޑު ހިލޭ ޓްރާންސްފާ!
އޭނާގެ ސޮޔަށް ބޯނަސް ދޭން ޖެހޭ އަދަދަކީ 117 މިލިއަން ޔޫރޯ ނުވަތަ 150 މިލިއަން ޔޫރޯ ކަމަށް ވަނީ ބުނެފައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް، ހިލޭ ޓްރާންސްފާއެއްގައި ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވީއިރު، އެއީ ތާރީޚުގައި ވެސް އެންމެ އަގު ބޮޑު ހިލޭ ޓްރާންސްފާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޒުވާން ކުޅުންތެރިޔާ ނިމުނު ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވީއިރު އެއީ އެތައް އަހަރެއް ވަންދެން ރެއާލުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. މީގެ ކުރިން ވެސް ރެއާލުން އެމްބާޕޭ ހޯދުމުގެ މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ފަހު ވަގުތު އެމްބާޕޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައުކޮށް، ކުލަބުގައި މަޑުކޮށްފަ އެވެ.

އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ސްޕެއިންގެ ގަދަބާރު ރެއާލާ އެކު އެމްބާޕޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މާލީ ތަފްސީލުތައް މިހާރު ލީކުވަމުންދާ ކަމުގައި ވެސް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

ސްކައި ސްޕޯޓްސް އިން ވަނީ އެ އެއްބަސްވުމަކީ ތާރީހު ގައި ވެސް އެންމެ އަގުބޮޑު ހިލޭ ޓްރާންސްފާގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކައިފަ އެވެ. އެހެނީ ކުޅުންތެރިއެއްގެ އެއްބަސްވުން ހަމަވާއިރު، އޭނާ ގަންނަން ބޭނުންވާ ކްލަބުން ހަމައެކަނި އައު އެއްބަސްވުމެއް ހުށަހަޅަން ޖެހޭއިރު، އެހެން ކްލަބަކަށް ފައިސާ ދައްކަން ނުޖެހޭނެ އެވެ.

ރެއާލުން އެމްބާޕޭގެ ސޮއި ހޯދާފައިވާއިރު، އޭނާގެ ސޮޔަށް ބޯނަސް ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ. ސްކައި ސްޕޯޓްސް އިން ބުނާ ގޮތުގައި އެ އަދަދު 117 މިލިއަން ޔޫރޯއަށް އަރަ އެވެ. ނަމަވެސް ބީބީސީން ބުނަނީ އެއީ 150 މިލިއަން ޔޫރޯ ކަމަށެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އޭއެސް އާއި މާކާއިން އަންދާޒާކުރާ ގޮތުގައި އޭގެ ތެރޭގައި އަހަރަކު 15 މިލިއަން ޔޫރޯގެ މުސާރައެއް އެމްބާޕޭ އަށް ލިބޭނެ އެވެ. މިއީ ޕީއެސްޖީއާއެކު އަހަރަކު ލިބޭ 70 މިލިއަން ޔޫރޯއަށް ވުރެ މާބޮޑު އަދަދެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް