ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 09:56
ބޮލޮގްނާގެ ކޯޗަކަށް ހަމަޖެއްސި އިޓަލިއާނޯ
ބޮލޮގްނާގެ ކޯޗަކަށް ހަމަޖެއްސި އިޓަލިއާނޯ
ރޮއިޓާސް
ބޮލޮގްނާ
ބޮލޮގްނާގެ ކޯޗަކަށް އިޓަލިއާނޯ
އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

އިޓަލީގެ ބޮލޮގްނާގެ ކޯޗަކަށް، ވިންސެންޒޯ އިޓަލިއާނޯ ހަމަޖައްސައިފި އެވެ.

ބޮލޮގްނާގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ތިއާގޯ މޮޓާ އެވެ. ނަމަވެސް އޭނާ ވަނީ ބޮލޮގްނާ ދޫކޮށް، ވާދަވެރި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ޔުވެންޓަސްގެ ކޯޗުގެ ގޮތުގައި މޮޓާ ރަސްމީކޮށް އިއުލާން ކުރުން އަންނަ ހަފުތާގައި އޮންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިޓަލީގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އުމުރުން 46 އަހަރުގެ އިޓަލިއާނޯ މިހާރު ވަނީ ބޮލޮގްނާ އާއެކު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިޓަލިއާނޯ އެ ކުލަބަށް އިރުޝާދު ދޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިޓަލިއާނޯ އެންމެ ފަހުން ހުރީ އިޓަލީގެ ފިއޮރެންޓީނާގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އެ ކުލަބާއެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިތުރު ދެ އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. ނަމަވެސް އިޓަލިއާނޯ އޮތީ ނިމުނު ސީޒަނަށް ފަހު އެ ކުލަބުގެ ކޯޗކުކަން ދޫކޮށްލަން ނިންމައިފަ އެވެ.

އިޓަލިއާނޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2014 ވަނަ އަހަރު ވެނެޒިއާ އިންނެވެ. އެންމެ ފުރަތަމަ އޭނާ ހަވާލުވީ އެ ކުލަބުގެ އެސިސްޓެންޓު ކޯޗުގެ މަގާމާ އެވެ. އޭގެ ފަހުން އޭނާ ވަނީ ހަތް ކުލަބަކަށް އިރުޝާދު ދީފަ އެވެ. ބޮލޮގްނާ އަކީ އިޓަލިއާނޯ އޭނާގެ ކޯޗިން ކެރިއަރުގައި އިރުޝާދު ދޭނެ އަށް ވަނަ ކުލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް