ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އިން ކުޅުނު ދެ ވަނަ މެޗުގައި ބޮލޮގްނާގެ މައްޗަށް ވެސް ކުރި ހޯދައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0ންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި އެއް ލަނޑު އަދި ދެ ވަނަ ހާފުގައި އަނެއް ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ އާޖެންޓީނާގެ އަލެކްސިސް މެކް އަލިސްޓާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު އެވެ. މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ޞަލާޙު އެވެ. އެ ލަނޑާ އެކު ޞަލާޙު ވެގެން ގޮސްފައި ވަނީ އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.
މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި އާނާ ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅެފައިވާ ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ފަސް ވަނައިގަ އެވެ. ޕްރިމިއާ ލީގުގައި އެއް ވަނައިގައި އޮތީ ވެސް ލިވަޕޫލް އެވެ.