ކ. މާލެ
|
6 މެއި 2024 | ހޯމަ 11:25
އިޓާލިއަން ލީގުގައި އޭސީ މިލާން އަދި ޖެނޯ ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި އޭސީ މިލާން އަދި ޖެނޯ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ތިއޯ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު، މިލާން އާއި ޖެނޯ އެއްވަރު
ލީގު ތާވަލްގެ ދެ ވަނައިގައި މިލާން އޮތީ މިހާތަނަށް ކުޅުނު 35 މެޗުން 71 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން އެއްވަރުވެއްޖެ އެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ. މެޗުގައި ޖެނޯ އިން ލީޑު ނަގާފައި ވަނިކޮށް، މިލާނުން ވަނީ އެއްވަރުކޮށް ލީޑު ވެސް ނަގައިފަ އެވެ. ނަަމަވެސް މެޗު އެއްވަރުވީ މިލާންގެ މަލިކް ތިއޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޖެނޯ އަށް ލީޑު ނަގައިދިނީ މަތެއޯ ރެޓެގޫ އެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އަލެސާންޑްރޯ ފްލޮރެންޒީ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ޖެނޯ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ސަލެބް އެކުބާން އެވެ. ނަމަވެސް 72 ވަނަ މިނެޓުގައި މަތެއޯ ގާބިއާ ވަނީ ލަނޑު ޖަހައި، މިލާނަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން މިލާނަށް ލީޑު ނަގައިދިނީ އޮލީވިއޭ ޖިރޫޑް އެވެ. ނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި މިލާންގެ ތިއޯ އަތުން ބައި ކޮޅަށް ވަތް ލަނޑުން މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފަ އެވެ.

ލީގު ތާވަލްގެ ދެ ވަނައިގައި މިލާން އޮތީ މިހާތަނަށް ކުޅުނު 35 މެޗުން 71 ޕޮއިންޓު ހޯދައިގެންނެވެ. ޖެނޯ އޮތީ، 43 ޕޮއިންޓާއެކު 12 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް