ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:20
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާާޅުކުރަނީ
ރޮއިޓާސް
ސައުދ ޕްރޯ ލީގު
ރޮނާލްޑޯގެ ހެޓްރިކާއެކު، އަލް ނަސްރަށް އަށް ލަނޑުގެ މޮޅެއް
 
މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާގެ 65 ވަނަ ހެޓްރިކް

ސައުދީ ޕްރޯ ލީގުގައި އަބްހާއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީއިރު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ 8-0 އިންނެވެ. އޭގެ ކުރިން ސައުދީ ލީގުގައި ކުޅުނު މެޗުން ވެސް އަލް ނަސްރު މޮޅުވެފައިވާއިރު، އެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ. އަލް ނަސްރުގެ ތިން ވަނަ ލަނޑު، 33 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަަސްރުން އިތުރު ދެ ލަނޑު ޖެހި އެވެ. 42 ވަނަ މިނެޓުގައި ލަނޑު ޖަހައި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާގެ 65 ވަނަ ހެޓްރިކް އެވެ.

އޭގެ ދެ މިނެޓު ފަހުން އަލް ނަސްރުގެ ފަސް ވަނަ ލަނޑު ޖެހީ ޢަބްދުއް ރަޙުމާން ޣަރީބް އެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ، ޢަބްދުލް ޢަޒީޒް އަލް އަލިވާ އެވެ. އެއީ މެޗުގެ 63 ވަނަ މިނެޓާއި، 86 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކުންނެވެ.

މޮޅާއެކު އަލް ނަސްރު އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 26 މެޗުން 62 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އަލް ޙިލާލަށް ލިބެނީ 74 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް