ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 22:13
މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު
ރައީސް އޮފީސް
ޕީޕީއެމް/ޕީއެންސީ
މުއިއްޒު އޮފީހުގައި އިށީންނަވަނީވެސް އަބްދުއްރަހީމަށް ކުރުނީސް އަދާކޮށްފައި: ޖަމީލް
 
ލީޑަރޝިޕުން ޔާމީން ދޫކޮށްލެއްވީ ފައިސާ އާއި މަގާމުގެ ބޭނުމުގައި ކަމަށް ޖަމީލް ވިދާޅުވި
 
ޔާމީން މިނިވަން ކުރަން ގޮވާލައި މަގުމައްޗަށް ނުކުންނަ މީހުންނަށް ރައީސް މުއިއްޒުއާއި އަބްދުރަހީމް ޖޯކު ޖައްސަވާ ކަމަށް ޖަމީލް ވިދާޅުވި
 
ޖަމީލް އަބްދުއްރަހީމް ސިފަ ކުރެއްވީ ޖާހިލެއްގެ ގޮތުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުންނެވީ "ޖާހިލެއްގެ" އަތްދަށު ވެފައި ކަމަށާއި އޮފީހުގައި އިށީންނަވަނީވެސް ކޮންމެ ދުވަހަކު އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އަށް ކުރުނީސް އަދާ ކުރައްވާފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "އަދަދު" ނޫހަށް ހުކުރު ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ބޭނުން ކުރައްވައިގެން ކަމަށެވެ. އެގޮތުން، ކުރިން އެމަނިކުފާނާއެކު ހުރިހާ ކަމެއްގައި ވެސް ޕީޕިއެމް ލީޑަރޝިޕުން މަޝްވަރާ ކުރެއްވި ކަމަށާއި ވެރިކަން ލިބުނުގޮތަށް އެކަން ބަދަލުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒުވެސް އަދި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް ޔާމީންގެ ފޯނު ނުނަންގަވައެވެ. ހަތަރު އަހަރުވަންދެން ޔާމީންގެ ނަމުގައި ކެމްޕޭންކޮށް ވެރިކަމަށް އައުމަށްފަހު އެމަނިކުފާނު އެކަހެރި ކުރުން ސިފަވަނީ ލީޑަރޝިޕުން ހިންގާފައިވާ ޚިޔާނާތްތެރިކަމުގެ އަމަލެއް ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އިންސާނަކަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ "ޖާހިލެއްގެ" އަތްދަށުވުންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ އަބްދުއްރަހީމްގެ އަތްދަށުވެފައި ކަމަށެވެ. އަބްދުއްރަހީމަކީ ރައީސް މުއިއްޒުގެ މުރުޝިދު ކަމަށާއި އެމަނިކުފާނު އޮފީހަށް ވަޑައިގަންނަވަނީވެސް އަބްދުއްރަހީމަށް ކުރުނީސް އަދާ ކުރެއްވުމަށްފަހު ކަމަށް ޖަމީލް ވިދާޅުވިއެވެ.

އަބްދުއްރަހީމަކީ މުއިއްޒުގެ މުރުޝިދު، މުއިއްޒުގެ ޒަޢީމު. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި ހެނދުނު އޮފީހަށް ވަޑައިގެންވެސް ފުރަތަމަ އިންޑިއާ މީހުން މުސްކުޅި އަންހެނުން ފެނުނީމާ ފަޔަށް ބޮސްދީފަ ފައިގައި އަތްޖައްސާފައި އެންމެ ފުރަތަމަވެސް ތެދުވާގޮތަށް އަބްދުއްރަހީމަށް ކުރުނީސް އަދާކޮށްފަ ކަމަށްވަނީ ދެން އޮފީހުގައި އިށީންނަވަނީވެސް.
ޔާމީނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލް

ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ފާއިތުވި ފަސް އަހަރު ތިއްބެވީ ފިނިކޮޓަރީގައި ކަމަށެވެ. މީގެ ތެރޭގައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމްވެސް ހިމެނިވަޑައިގަންނަވާއިރު އެތަނުގައި ތިއްބަވައިގެން ޔާމީންގެ ދިފާއުގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ޖޯކު ޖައްސަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލެއްވީ ފައިސާ އާއި މަގާމުގެ ދަހިވެތިކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
50%
50%
0%
0%
0%
0%
ކޮމެންޓް