Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 19:24
މ.ޖޭޑު ދޮންދީދީ, މާފަންނު ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
މ.ޖޭޑު ދޮންދީދީ, މާފަންނު ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މާފަންނު
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
އޭނާ ވަނީ ބޮޑު ޚަރަދުތަކެއްކޮށްގެން ބުޅާ ފެސިލިޓީ އެއް ހެދި ނަމަވެސް މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ މެނޭޖް ނުކުރެވޭ ކަމަށް ބުނެފަ
ސަރުކާރާއި، މެމްބަރުންގެ އިތުރުން ކައުންސިލާއި ވެސް އޭނާ ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ
ރަސްފަންނުގައި މޫދަށް އެރޭނެ އިންތިޒާމް ހަމަޖެހުނު އިރު އެތަނުގައި ފާހަނާ އެއް ނެތްތާ 7 އަހަރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ އިހުސާސްތައް ބަންޑުންކޮށްލާ ސަރުކާރާއި ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް އާއްމު މީހަކު ފާޑުކިޔައިފި އެވެ.

އެ އާއްމު މީހާގެ ވާހަކަ ފެށީ އޭނާ އަކީ "މ.ޖޭޑު ދޮންދީދީ" ކަމަށް ބުނުމަށް ފަހުގަ އެވެ. އުމުރުން 18 އަހަރުން ފެށިގެން އޭނާ އުޅުނީ މާފަންނުގައި ކަމަށާއި މިހާރު އުމުރުން 68 އަހަރު ވީ އިރުވެސް މާފަންނުގެ ހާލަތު ބަދަލު ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފުރަތަމަ މާފަންނަށް ބަދަލުވީ އިރު ހާލަތު ހުރިގޮތާއި މިހާރާއި މާބޮޑު ތަފާތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ވަނީ އޭނާގެ ޚާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއް އެބަ ހުރި ކަމަށާއި އޭނާ އަށް 38 އަަހަރު ފުރިފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް ބޭނުންވާ ބޭސް ވެސް ނުލިބޭ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ އަންހެން މީހާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގެދޮރު ހަލާކުވެގެން މިހާރު އުޅެން ޖެހެނީ ވިލިމާލޭގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ސިއްހީ ކަންކަން ވަރަށް ދެރަ. ވިލިގިލިން ޑޮކްޓަރަށް މީހަކު ނުދެއްކޭ. ފިޒިއޮތެރަޕީ އެއް ނުހެދޭ. ބޭހެއް ނުލިބޭ. ޑިސްޕެންސަރީ އިން ލިބޭ ބޭހެއް ވެއްޖެއްޔާ ގަންނަން ޖެހެނީ." އެ އާއްމު މީހާ ވަނީ ބުނެފަ އެވެ.

އޭނާ އިތުރަށް ބުނީ މިހާރު ރަސްފަންނު ވެސް ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށެވެ. ރަސްފަންނުގައި މޫދަށް އެރޭނެ އިންތިޒާމް ހަމަޖެހުނު އިރު އެތަނުގައި ފާހަނާ އެއް ނެތްތާ 7 އަހަރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހާ ދުވަސް ވީ އިރު އެކަން ރަނގަޅު ނުވާ ސަބަބާއި މެދު އެ އަންހެން މީހާ ސުވާލު އުފެއްދި އެވެ. މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް ގާތު އެ ކަންބޮޑުވުންތަކުގެ ވާހަކަ ބުނެގެން ވެސް އެކަންކަން ހައްލު ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

" އައްޓު ގޮަވައިގެން ގޭގެ އަށް ހިނގި އިރު އަޅުގަނޑު ބުނިން ރަނގަޅު ވާނެ އޭ. ރަނގަޅެއް ނުވި. މުސްތަފާ އަށް ދެންނެވިން. އައްޓު އަށް ދެންނެވިން. އެކަމެއް ނުވި. މައްސަލަ ތޮޅިއަށް. ތިބޭފުޅުންނަށްޓަކާ މަސައްކަތް ކޮށްކޮށް އަޅުގަނޑު މިހުރީ މުސްކުޅި ވެފައި. އަޅުގަނޑު ތިބޭފުޅުންނަށްޓަކާ މަސައްކަތް ކުރަން ފެށީ 14 އަހަރުގައި. އަދި އަދަށް ދާންދެން ދަރިންގެ" އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ވަނީ ބޮޑު ޚަރަދުތަކެއްކޮށްގެން ބުޅާ ފެސިލިޓީ އެއް ހެދި ނަމަވެސް މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ މެނޭޖް ނުކުރެވޭ ކަމަށް ފާހަގަކޮށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ސަރުކާރާއި، މެމްބަރުންގެ އިތުރުން ކައުންސިލާއި ވެސް އޭނާ ވަނީ އެ ސުވާލުތައް ކުރިމަތިކުރުވާފަ އެވެ.

- ކޮމެންޓް