ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 05:54
ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރުން ކުޅުނު މެޗުގެ ތެރެއިން
ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރުން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލް ރައީދު އަތުން ބަލިވެ، އަލް ނަޞްރު ފަހަތަށް
 
ބައްޔާއެކު އަލް ނަޞްރު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 53 ޕޮއިންޓާއެކު

ސައުދީ ޕްރޯ ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ރޭހުގައި އަލް ނަޞްރު ފަހަތަށް ސޮއްސާލައިފި އެވެ.

އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު ބަލިވީ 3-1 އިންނެެވެ. މި ސީޒަންގެ ސައުދީ ލީގު ތާވަލްގެ އެއް ވަނައިގައި އަލް ޙިލާލް އޮތް ނަމަވެސް، އަލް ނަޞްރުން އައީ އެ ޓީމުގެ ފަހަތުން ލީގު ރޭހުގައި ވާދަކުރަމުންނެވެ. ނަމަވެސް، އަލް ރައީދު އަތުންވީ ބައްޔާއެކު، އަލް ނަޞްރާއި އަލް ޙިލާލާ ދެމެދު އޮތް ފަރަގު ވަނީ ބޮޑުވެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ރައީދުންނެވެ. މެޗު ފަށައިގެން 18 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކަރީމް އަލް ބާކޮލީ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި އައިމަން ޔަހްޔާ ވަނީ ލަނޑު ޖަހައި، އަލް ނަޞްރަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް އަލް ރައީދަށް ލީޑު ނަގައިދިނީ މުޙައްމަދު ފައުޒައިރް އެވެ. އަލް ރައީދުން އެ ޓީމުގެ ފަހު ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ އާމިރު ސަޔޫދު އެވެ.

މޮޅާއެކު އަލް ރައީދުން ވަނީ ރެލިގޭޝަން ޒޯނަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 23 މެޗުން 23 ޕޮއިންޓާއެކު، 14 ވަނައިގަ އެވެ. ބައްޔާއެކު އަލް ނަޞްރު ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 53 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް