އިސްރާއީލް ސިފައިން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ރޯދަމަހު ވެސް މެދުކަނޑާލާނީ ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެންބީސީގެ ޓޯކް ޝޯގައި ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ ރަހީނުން ދޫކޮށްލަން ހަމާސްއިން އެއްބަސްވާނަމަ ރަމަޟާން މަހު ހަމަލާ ނުދިނުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
ބައިޑެން އިތުރަށް ވިދާޅުވީ މާޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހަފުތާ ބަންދު ނިމޭއިރު އުއްމީދުކުރަން، ހަނގުރާމަ ހުއްޓަން ހިފާނެކަމަށް، އަޅުގަނޑުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޅުގަނޑަށް ވިދާޅުވަނީ އަޅުގަނޑުމެން މިތިބީ ވަރަށް ކައިރީގައޭ. އަޅުގަނޑުގެ އުއްމީދަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓާލުންއެމެރިކާގެ ރައީސް ޖޯ ބައިޑެން
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ޔޫއެންއާރްޑަބްލިއުއޭގެ 12 މުވައްޒަފަކު ބައިވެރިވި ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.
ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ އިސްރާއީލުގެ ވާހަކަތަކާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށާއި އިސްރާއީލުން ތުހުމަތު ކުރާ އެއްވެސް މައުލޫމާތެއް އެ ޖަމާއަތާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 29،782 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ ޣައްޒާ ހަނގުރާމައާ ގުޅިގެން އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާ ހިންގުމުގެ ތުހުމަތުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.