ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 12:18
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރު
އަނަސްގެ މަރު: ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމަނީ
 
ލިޓަސް ސަރވިސް ސެންޓަރުން ނަގާފައިވާ ފުޓޭޖުގައި ތާރީޚާއި ވަގުތުވެސް އެނގެން ނެތް
 
ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 25 މެއި 2024 ގައި

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަށް ކުށް ސާބިތު ނުވި މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަހުރިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވާ 4 މީހުންނާއި، އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 25 މެއި 2024 ވީ އާދިއްތަ ދުވަހުގެރޭގައެވެ.

މި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، އެމީހުން މިކަމުގައި ބައިވެރިވުމުގެ އަމަލު ސާބިތު ކޮށްދިނުމުގެ ސީދާ ހެއްކެއްގެ ގޮތުގައި ހުރީ ހަމައެކަނި ސީސީޓީވީ ފުޓޭޖް ކަމަށެވެ. އެ ފުޓޭޖުތަކަށް ބާރު ލިބިދޭ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން އެކަމުގައި ބައިވެރިވި ކަމާއި، ފުޓޭޖުތަކުން ފެންނަނީ އެމީހުންކަމަށް ނިންމަން ދަތިކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެމީހުންގެ ފޯނުގެ ސެލް ލޮކޭޝަން ފުލުހުންނަށް އެނގިފައިވަނީ ކިހިނެއްކަން ޝަރީއަތަށް ސާފު ކޮށްދީފައިނުވާ ކަމަށެވެ. އެގޮތުން ފުލުހުންނާ ޕްރޮސެކިއުޝަނުން ހަމައެކަނި ބުނެލާ ބަހަކުން އެކަންކަން ޝަރީއަތަށް ސާބިތު ނުވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މައްސަލައިގެ ތަހުގީގު ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމަށާއި، އެއީ ދިފާއާ ހިއްސާ ކުރެވިފައިވާ ރިޕޯޓެއް ނޫންކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، މި ރިޕޯޓަކީ ޝަރީއަތުން ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއްކަމަށް ބެލެވެން ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، އެމީހުންނަށް ކުރާ ދައުވާތަކާއި ގުޅިގެން އިންޓެލިޖެންސް ރިޕޯޓަށް ޝަރީއަތުން ރިއާޔަތް ކުރެވިދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެކަމުގެ ސަބަބުތައް ގާޒީ ވަނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކުރައްވާފައެވެ.

ބައެއް ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު، ފުޓޭޖުން ފެންނަ މަންޒަރާއި، ވަގުތު ދިމާނުވާކަމަށްވެސް ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ލިޓަސް ސަރވިސް ސެންޓަރުން ނަގާފައިވާ ފުޓޭޖުގައި ތާރީޚާއި ވަގުތުވެސް އެނގެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ. ވުމާއެކު، އެ ފުޓޭޖަށް ހެކި ވަޒަން ކުރުމުގައި ދެވޭނެ މާ ބޮޑު ބުރަދަނެއް ނެތްކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި ޙާލަތުގައި އެކަން ސާބިތު ކުރުމަށް އިތުރު ހެކި ޤަރީނާ ބޭނުންވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ބަލާއިރު، ސީސީޓީވީ ފުޓޭޖް ފިޔަވައި ދެން ހުރި ހެކިތަކަކީ ކޯލް ޑީޓެއިލް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގު ރިޕޯޓެވެ.

އެހެންނަމަވެސް އެއީ ހެކީގެ ގޮތުގައި ބުރަދަން ދެވިދާނެ ހެކިތަކެއް ނޫންކަމަށް ގާޒީ ވަނީ ކުރިން ފާހަގަކުރި ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވިދާޅުވެފައެވެ.

ވުމާއެކު، އެމީހުން ކުށުގެ އަމަލުގައި ބައިވެރިވެފައިވާކަމަށް ދަލާލަތު ނުކޮށްދޭކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް