ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 12:15
ނަސީމް އަބޫ އަލް-ޤުމްބޫޒް؛ ފަލަސްޠީނު ރައްޔިތެއް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ޣައްޒާގެ ވަގުތީ ވޮލީ ދަނޑުން، ހިތްވަރާއި ސާބިތުކަމުގެ އެތައް މަންޒަރެއް!
 
ދަނޑަށް ކުޅެން އަރާ ތިބި މީހުން ބުނި ގޮތުގައި މެންދުރު ފަހުން ފެށިގެން ގޮސް އިރު އޮއްސުމާ ހަމައަށް އެމީހުން މެޗުތައް ކުޅޭ
 
މިކަން އެމީހުން ކުރަނީ މިއަދު ދިރިއުޅެން މަޖުބޫރުވެފަ އޮތް ކާރިޘާގެ ތަކުލީފުތަކާއި ހާސްކަމާ ކުޑަ ވަގުތުކޮޅަކަށް ދުރުވެލަންވެގެން

މި ދުނިޔޭގައި މި ވަގުތު އޮތް އެންމެ ނުރައްކާ މަންޒިލަކީ ފަލަސްޠީނުގެ ޣައްޒާ ކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. 2.3 މިލިއަން މީހުންގެ ޢާބާދީއެއް، ޔަހޫދީ އިޒްރޭލުގެ ރަޙުމެއް ނެތް އަތްތަކުން ޤަތުލު ކުރަމުން ދާ އިރު، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ހިންދެމިލާނެ އެންމެ ހިނދުކޮޅެއްވެސް ނުލިބެއެވެ. ކަން އެހެން އޮތް ނަމަވެސް، ދިރިއުޅުމުގެ މައިދާނުގައި މީހެއްގެ ކިބައިން ފެންނާނެ އެންމެ ގަދަ ހިތްވަރާއި ޢަޒުމު ފެންނަނީވެސް ޣައްޒާއިންނެވެ. ހަނގުރާމައިގެ ބިރުވެރި ކަމުން ނާމާވާން ވެފައި އޮތް ވެށީގައިވެސް، ހިތްހަމަޖެހުމެއް ހޯދައި ލެވޭތޯ ޣައްޒާގެ ރަށްވެހިން، އެ ބަޔަކަށް ވީ ގޮތަކަށް މަސައްކަތް ކުރެއެވެ.

ޣައްޒާގެ މުޅި ޢާބާދީހެން ދިރިއުޅެމުންދާ ރަފަޙުގައި ތިބި ގެއްލިފައިވާ ޒުވާނުން މިއަދު އެ ދަނީ ވޮލީބޯޅަ ކުޅުމުގެ ތެރެއިން، ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ.

ތޮއްޖެހި، ފިތި، ބާރުވެފައި އޮތް ރެފިއުޖީ ކޭމްޕުގައި ވޮލީބޯޅަ މެޗުތައް ކުޅެނީ ވަގުތީ ދަނޑެއްގައެވެ. ދަނޑަށް ކުޅެން އަރާ ތިބި މީހުން ބުނި ގޮތުގައި މެންދުރު ފަހުން ފެށިގެން ގޮސް އިރު އޮއްސުމާ ހަމައަށް އެމީހުން މެޗުތައް ކުޅެއެވެ.

އަހަރެމެން ވޮލީކުޅެނީ މި، ކޭމްޕުގަ ތިބި ޒުވާނުންނާ އެކީ މިކަން މި ކުރަނީ ފޫހިފިލުވާލަން. މީ ގެދޮރު ގެއްލިފަ ތިބި މީހުންގެ ކޭމްޕް. މި ކޭމްޕަށް ކިއަނީ 'ނަވްޒާޒް ޣައްޒާ'. ކޮންމެ ދުވަހަކުވެސް މެންދުރުފަހު މި ތަނަށް އަހަރެމެން ޖަމާވަނީ، ދެން ކުޅެން ފަށާ ގޮތަށް އިރުއޮއްސެންދެކަށް ކުޅެން. ތިން ހަތަރު ޓީމުގަ އަހަރެމެން އެބަ ކުޅެން. މިކަން މި ކުރަނީ އަހަރެމެންނަށް މިއަދު ދިރިއުޅެން މަޖުބޫރުވެފަ އޮތް ކާރިޘާގެ ތަކުލީފުތަކާއި ހާސްކަމާ ކުޑަ ވަގުތުކޮޅަކަށް ދުރުވެލަންވެގެން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ހުރިހާ އެންމެންނަށްވެސް އެ ބައެއްގެ ގެތަކަށް ދެވޭނެ ސަލާމަތުން،إن شاء الله. މާތް ﷲ، ޣައްޒާއާއި ޣައްޒާގެ ޒުވާނުންނާއި މީސްތަކުން ރައްކާތެރިކޮށްދެއްވާށި، މި ހިތާމަ ފިއްލަވާށި.
ނަސީމް އަބޫ އަލް-ޤުމްބޫޒް؛ ފަލަސްޠީނު ރައްޔިތެއް

ކަން މިހެން އޮތް އިރު، ރަފަޙުން ފައިބަސްވެސް އިޒްރޭލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންޒާރު ކޮށްފައެވެ. ރަފަޙަކީ މިއަދު ޣައްޒާގައި ކިރިޔާވެސް "ދިރިއުޅެލެވޭ" ވަރަށް އޮތް ސަރަޙައްދެވެ. ނަމަވެސް، މިހާރުވެސް އިޒްރޭލުން ރަފަޙަށް ޙަމަލާތައް ދެއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މަރުވި ފަލަސްޠީނު މީހުންގެ ޢަދަދު 29000 އާ ގާތް ކުރެއެވެ. ލައްކައެއްހާ މީހުން ޒަޚަމްވެފައި ވާ އިރު، މުޅި ޣައްޒާ އޮތީ ހުއްޓުމަކަށް އައިސްފައެވެ. އެހެނެއްކަމަކު، ޣައްޒާގެ ރަށްވެހިންގެ ހިތުގައި އޮތް ސާބިތުކަމާއި ވަރުގަދަ ޢަޒުމަށް ކުޑަވެސް ހީނަރު ކަމެއް ނާދެއެވެ. ކޮންމެ ޙާލެއް ޖެއްސިކަމުގައިވިޔަސް، އެމީހުން ތިބީ އަމިއްލަ ފަސްގަނޑު ދޫކޮށް، ފައިބާ ގޮތަކަށް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް