ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 13:33
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މާރާމާރީގެ މައްސަލަތައް
ވަޅިއަކުން ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދު
 
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 02 މާރޗު 2023 ގައި
 
އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވޭ

ވަޅިއަކުން ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ވަޅިއަކުން ބިރު ދައްކައި، އާއިލާގެ މީހުންނަށް އިންޒާރު ދިން މައްސަލައެއްގައެވެ.

އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 02 މާރޗު 2023 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ ހައްޔަރު ބަންދުގެވެސް 31 ރެކޯޑެއް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް