ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 14:37
ހޯދަން އިޢުލާންކޮށްފައިވާ ސ.ފޭދޫ، ކަސްތޫރިމާގެ، އަބްދުލް ގާދިރު (54އ) އާއި ސ. ހިތަދޫ، އައިޑަންވޫޑް، ފާތިމަތު ނަޝާޔާ (22އ)
ހޯދަން އިޢުލާންކޮށްފައިވާ ސ.ފޭދޫ، ކަސްތޫރިމާގެ، އަބްދުލް ގާދިރު (54އ) އާއި ސ. ހިތަދޫ، އައިޑަންވޫޑް، ފާތިމަތު ނަޝާޔާ (22އ)
މަކަރާއި ހީލަތް ހެދުން
މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދެ މީހަކު ތަހުގީގަށް ހާޒިރުކުރުމުގެ ގޮތުން، ހޯދުމަށް އިއުލާންކޮށްފި
ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެ ދެމީހުންނަށް ވެސް އަންގާފައި
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އެ ދެ މީހުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވޭ

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ދެ މީހަކު ތަހުގީގަށް ހާޒިރުކުރުމުގެ ގޮތުން، ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން އިޢުލާންކޮށްފައި ވަނީ ސ.ފޭދޫ، ކަސްތޫރިމާގެ، އަބްދުލް ގާދިރު (54އ) އާއި ސ. ހިތަދޫ، އައިޑަންވޫޑް، ފާތިމަތު ނަޝާޔާ (22އ) އެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ހޯދަމުންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ބުނީ މި ދެ މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އެ ދެ މީހުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެ ދެމީހުންނަށް ވެސް އަންގާފައެވެ.

- ކޮމެންޓް