ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ވި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިނގިލީގައި ރަށުތެރެ ޕެޓްރޯލް ކުރަމުން ދިއަ ފުލުހުންނަށް ނޮވެމްބަރު 4 ވަނަ ދުވަހުގެ ރޭ 01:25 ހާއިރު، އެ ރަށު ސަމުގާ މަގުގައި ސައިކަލަކާ އެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ވެއްޓިފައި ވަނީ ގެ އެއްގެ ފާރުގައި ސައިކަލު ޖެހި، އެކްސިޑެންޓުވެގެން ކަމަށެވެ.
އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށާ ނިޔާވީ އެ ރަށު ސޯސަން ވިލާ، އުމުރުން 26 އަހަރުގެ ވިކާޝް އަހުމަދު ނަމަކަށް ކިޔާ ޒުވާނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.