ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 07:10
މަދިރި
މަދިރި
ފައިލޭރިއާ ކޭސްތައް
ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތްކުރަނީ
 
ފައިލޭރިއާ ޖެހިފައިވާ ބަޔަކު މީގެ ދުވަސްކޮޅެއް ކުރިން އެންމެ ފުރަތަމަ ފެނުނީ ކުޅުދުއްފުށި ސިޓީން
 
ހުޅުމާލެ އިން ފައިލޭރިއާ އަށް ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 މީހަކު ރާއްޖެ އިން ވަނީ ފެނިފަ
 
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެ މަސައްކަތް ކުރަން ތައްޔާރުވެފައި މި ވަނީ ހުޅުމާލެއިން ވެސް މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން

ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ މަސައްކަތްކުރަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެ މަސައްކަތް ކުރަން ތައްޔާރުވެފައި މި ވަނީ ހުޅުމާލެއިން ވެސް މި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެންނެވެ.

ހުޅުމާލެ އިން ފައިލޭރިއާ އަށް ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 މީހަކު ރާއްޖެ އިން ވަނީ ފެނިފައެވެ. ފައިލޭރިއާ ޖެހިފައިވާ ބަޔަކު މީގެ ދުވަސްކޮޅެއް ކުރިން އެންމެ ފުރަތަމަ ފެނުނީ ކުޅުދުއްފުށި ސިޓީންނެވެ. ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސްކްރީނިންގ ކޭމްޕެއްގެ ތެރެއިންނެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައީ ފައިލޭރިއާ އާއްމުކޮށް ފެންނަ ޤައުމުތަކުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް