ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 17:48
ވެށިފަހި ފްލެޓުތަކެއް
ވެށިފަހި ފްލެޓުތަކެއް
މިހާރު
ހުޅުމާލެ
ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ފަށައިފި
ފޮގްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ 20 ސަރަހައްދެއްގައި

ފައިލޭރިއާއިން ރައްކާތެރިވުމަށް, ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.

އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނީ، އެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޚާއްސަ ކެމްޕެއިން "#ފައިލޭރިއާއިން ރައްކާ"ގެ ދަށުން ކަމަށެވެ.

ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ 20 ސަރަހައްދެއްގައެވެ. އެގޮތުން ކޮންމެ ދުވަހަކު ފަތިހު 05:00ން 06:00ށް، އަދި އިރު އޮއްސި 6:00ން 7:00ށް ފޮގްކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

އެހެންކަމުން ފޮގްކުރުން ކުރިއަށްދާ ވަގުތުތަކުގައި، މަގުމަތީގައި އުޅޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިންވެސް އާބަންކޯއިން އިސްނަގައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން އެކި ސަރަހައްދުތައް ފޮގްކުރުމާއި، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ޚާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީންކުރުމަށް، އެޗްޕީއޭއާ ގުޅިގެން މިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް