ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 13:50
ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް
ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް
ފޭސްބުކް
ރާއްޖެއިން ފައިލޭރިއާ ފެނުން
ފައިލޭރިއާއަށް ދިވެއްސަކު ޕޮޒިޓިވްއެއް ނުވޭ، ބަލި ފެތުރިދާނެތީ ކަންބޮޑުވާކަށް ނުޖެހޭ: ހެލްތް މިނިސްޓަރު
 
ވޯކްޕަރމިޓް މެޑިކަލްގައި މިހާރުން މިހާރަށް ފައިލޭރިއާ ނުހިމަނާ ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވޭ
 
ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާ ހިމެނުމުގެ މަސައްކަތް ދަނީ ކުރަމުން

ފައިލޭރިއާއަށް ދިވެއްސަކު ޕޮޒިޓިވްވެފައިނުވާ ކަމަށާއި، ބަލި ފެތުރިދާނެތީ ކަންބޮޑުވާން ނުޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯ ގުޅިގެން ކޮޑެކްސް ޓްރަސްޓް ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "މުކައްބަ" ކެމްޕެއިން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ހަލީލު ވިދާޅުވީ ފައިލޭރިއާ ފެނުނު ކަމުގައިވީ ނަމަވެސް ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށާއި، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮ ކަމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ފައިލޭރިއާގެ ކޭސްތައް ފެނުމާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިނިސްޓަރު ހަލީލު ވިދާޅުވީ ހދ.ކުޅުދުއްފުށީގައި ވެސް ފައިލޭރިއާއަށް ދިވެހިން ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިހާތަނަށް 155 ދިވެހިން ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވެފައިނުވާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

ކަންބޮޑުނުވާށޭ މިދަންނަވަނީ ދިވެހިން ވެސް ޓެސްޓު ކޮށްފިން އެންމެ ބޮޑަށް ފެތުރިފައި އޮތް ކަމަށް ފާހަގަކުރެވޭ ރަށުގައި ކުޅުދުއްފުށީގައި. ކުޅުދުއްފުށީގައި 155 ދިވެހިން އަޅުގަނޑުމެން ޓެސްޓު ކުރިއިރުގައި އެއްވެސް ދިވެއްސެއް ޕޮޒިޓިވް ނޫން. އޭގެ ނަތީޖާއިން މިދައްކައިދެނީ މިއީ ރާއްޖެއަށް އިމްޕޯޓު ވެފައިވާ ބަލިތަކެއް ކަމަށް .އެހެންވީމަ މިއީ ރާއްޖޭގައި ފެތުރޭ ބައްޔެއް ނޫން.
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

މިނިސްޓަރު ހަލީލު ވިދާޅުވީ ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕާމިޓް މެޑިކަލްގައި ފައިލޭރިއާ ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސިއްހީ ކަންތައްތައް ރަނގަޅު ކުރުމަށް މެޑިކަލް ހެދުމުގެ ނިޒާމު ކުރިއަށް އޮތްތަނުގައި ވަރުގަދަ ކުރާނެ ކަމަށެވެ. ރާއްޖެއިން ފައިލޭރިއާއަށް 32 މީހުން ޕްޒިޓިވްވެފައިވާއިރު، ބިދޭސީން ރާއްޖެ އެތެރެވާއިރު ހަދަންޖެހޭ ވޯކްޕަރމިޓް މެޑިކަލްގައި މިހާރުން މިހާރަށް ފައިލޭރިއާ ނުހިމަނާ ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް