ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 11:19
ދިވެހި ފުލުހުންގެ ހިދުމަތް- ރިޕްރެޒެންޓޭޝަނަލް ފޮޓޯ
ދިވެހި ފުލުހުންގެ ހިދުމަތް- ރިޕްރެޒެންޓޭޝަނަލް ފޮޓޯ
ޕޮލިސް
ފޭރުމުގެ މައްސަލަތައް
ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި 18 އަހަރުގެ އަންހެނަކާއި 2 ފިރިހެނަކު ހައްޔަރުކޮށްފި
 
އެ 3 މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވޭ
 
އެމީހުން މި ކުށް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން

ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި 3 މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.  

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރިކްޒު އާދަމް (21އ) މ. ސްވީޓްވިލާ، ސުހާ އަހުމަދު (18އ) މއ. ދާނިޔާ، އަދި އިބްރާހީމް ހުޝާމް (46އ) މ. ދެރަހަ އެވެ.

އެމީހުންގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ފޭރުމާއި، މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ. އެމީހުން މި ކުށް ކޮށްފައިވަނީ ޖަމާއަތް ހަދައިގެންކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެ 3 މީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ 2 ޖެނުއަރީ 2024 ގައެވެ.

އެމީހުން ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އަނިޔާލިބުނު ފަރާތުގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ޙާދިސާ ހިނގި ގެސްޓްހައުސްގައި އެމީހުން ތިއްބައި ހައްޔަރު ކުރުން ހިމެނެއެވެ.

އޭގެ ތެރެއިން ރިކްޒު އާދަމްއަކީ 23 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.

އަދި ސުހާ އަހުމަދަކީ މި މައްސަލައިގައި އަނިޔާލިބުނު ފަރާތް ގެސްޓްހައުސްއަށް ދިއުމަށް އެދުނު ފަރާތްކަމަށް މައްސަލައިގެ އައިއޯ ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އިބްރާހީމް ހުސާމްގެ މައްޗަށް ވަނީ ހެކި ނައްތާލަން މަސައްކަތް ކުރުމުގެ ކުށުގެ ތުހުމަތު ވެސް ކޮށްފައެވެ. އޭނާގެ ކަރުގައި އަނިޔާ ލިބުނު ފަރާތުގެ ފަށެއް އޮތްކަމަށް ވެސް މައްސަލަ ތަހުޤީގުކުރާ ފުލުހުންގެ އޮފިސަރު ފާހަގަކޮށްފައިވެއެވެ.

އޭނާއަކީ ކުށުގެ ރެކޯޑު ވެސް އޮންނަ ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް