ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 20:47
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އޭއެފްޕީ
ނަތަންޔާހޫގެ ޝަރީއަތް ފެށުން
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކޮރަޕްޝަނުގެ ޝަރީއަތް އަލުން ފަށައިފި
 
އޭނާގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރު ހުށަހެޅުނު ތިން މައްސަލައެއްގައި އޮޅުވާލުމާއި ރިޝްވަތު ދިނުމުގެ ދައުވާއާއި އިތުބާރު ގެއްލުވާލުމުގެ ދައުވާ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ، ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އަލުން ފަށަން ނިންމައިފިއެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއްގެ މައްޗަށް ގުދުސްގެ ކޯޓަކުން މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް އިސްރާއީލުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ޝަރީއަތް މެދުކަނޑާލީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ޖަސްޓިސް މިނިސްޓަރުގެ ކުއްލި އަމުރެއްގެ ދަށުންނެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރު ހުށަހެޅުނު ތިން މައްސަލައެއްގައި، އޮޅުވާލުމާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި އިތުބާރު ގެއްލުވާލުމުގެ ދައުވާއެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އަނބިކަނބަލުން ސާރާގެ މައްޗަށް ތުހުމަތުކުރަނީ ހޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު އާނަން މިލްޗަންއާއި އޮސްޓްރޭލިއާގެ ބިލިއަނަރު ވިޔަފާރިވެރިޔާ ޖޭމްސް ޕެކާގެ ފަރާތުން ސިޔާސީ މަންފާގެ ބަދަލުގައި  ޝެމްޕޭންއާއި ސިގިރޭޓުފަދަ ހަދިޔާތަކެއް ލިބިވަޑައިގަތް ކަމަށެވެ.

ރިޝްވަތުގެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުމެވެ. މަކަރާއި ހީލަތް ހެދުމާއި އިތުބާރު ގެއްލުވާލުމުގެ އަދަބަކީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

އިސްރާއީލުގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ނަތަންޔަހޫ ވަނީ އެއްވެސް ގޯހެއް ހިންގާފައި ނުވާކަމަށް ވިދާޅުވެފައެވެ. އޭނާއަކީ އޭނާ މަގާމުން ދުރުކުރުމަށް ވާދަވެރިންނާއި މީޑިއާތަކުން ސިޔާސީގޮތުން ރާވައިގެން ހިންގާ "ވިޗް ހަންޓް"ގެ ޝިކާރައަކަށް ވެވަޑައިގެންފައިވާ ބޭފުޅެއްކަމަށް އޭނާ ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޝަރީއަތް ފަށާފައިވާއިރު، ދިފާއީ އަދި ދައުވާގެ މައްސަލަތަކާއި ކޮވިޑް-19އާ ގުޅިގެން ތަކުރާރުކޮށް އޭނާގެ މައްސަލަ ވަނީ ކޯޓުން ލަސްކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކުގެ ކުރިން، ޝަރުއީ ނިޒާމު އޯވަހޯލް ކުރުމަށް ބޮޑުވަޒީރު ގެންގުޅުއްވާ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި، އިސްރާއީލުގައި ވަނީ އެތައް މަހެއް ވަންދެން މުޒާހަރާކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ހުށަހަޅާފައިވާ މި ބަދަލުތަކުގެ ސަބަބުން ޝަރުއީ ދާއިރާ ސިޔާސީވެ، މިނިވަންކަމަށް ބުރޫއަރައި، ކޮރަޕްޝަނަށް މަގުފަހިވެ، އިސްރާއީލުގެ އިގްތިސާދަށް ގެއްލުންވާނެ ކަމަށެވެ.

ނަތަންޔާހޫ ވަނީ އެ ބާރު ދިފާއުކުރައްވައި، މުޒާހަރާތައް ދޮގުކުރައްވައި، އޭނާ ގެންނަވަން އުޅުއްވާ ބަދަލަކީ ސަރުކާރުގެ ތިން ބާރުގެ މެދުގައި ރަނގަޅު ބެލެންސެއް ގާއިމުކުރެއްވުމުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރ ހައްޔަރު ކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އުޅޭތީ އެމެރިކާގެ ރައީސް ކޯފާވެއްޖެ
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
އިޒްރޭލުގެ ލީޑަރުންނާއި ހާމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ އެކަށީގެންވާ ހެކި އެބަހުރި: އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް