ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 19:13
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުން
އިސްލާމިކް މިނިސްޓްރީ
ފަގީރުންގެ ދަފްތަރު
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް ހުޅުވާލައިފި
 
ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2021 އަދި 2022 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް
 
ފޯމް ބަލައިގަތުން ކުރިޔަށްދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން
 
ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2021 އަދި 2022 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެއެވެ. ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ފޯމް ބަލައިގަތުން ކުރިޔަށްދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15އިން 11:45ށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުން ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.

Advertisement

މި އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 4 ހާލަތެއް ކުރިމަތިވެފައިވާ މީހުންވެސް އަންނަ މަހުގެ 25ގެ ކުރިން މި ފޯމް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވިފަހުން ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި، ދަފްތަރުގައި ރަޖިސްޓްރީވިފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުން އެ ފޯމް ހުށަހަޅަންޖެހެއެވެ. އަދި ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުންނާއި، މި އަހަރުގެ ދަފްތަރުގައި ރަޖިސްޓްރީވިފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި، 65 އަހަރުން ފުރިފައިވާ މީހުންނާއި، އަންނަ މަހުގެ 25ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި، އަދި އާއިލާތައްވެސް "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ހުށަހަޅަންޖެހޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8000ށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ރަޖިސްޓްރީވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް