ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 12:27
އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވިއިރުގެ ފޮޓޯއެއް
އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވިއިރުގެ ފޮޓޯއެއް
ޓްވިޓަރ
އަދީބު
އަދީބު ރާއްޖެއިން ފުރާވަޑައިގަންނަވައިފި
 
އަދީބު ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ދިގު ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.

އަދީބު ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް ވަޑައިގަތީ ކޮން ތަނަކަށްކަން އެނގިފައެއް ނުވެއެވެ.

ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އަދީބަށް ވަނީ އަދަބު ލުއިކޮށްދެއްވާ، ކުށް މައާފު ކުރައްވާފައެވެ. އަދީބާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ވަނީ ލުއިކޮށްދެއްވާފައެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އަދީބުގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއްވުމަށްފަހު، އަދީބަށް މައާފު ދެއްވާފައިވާއިރު އޭނާ ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
14%
0%
0%
43%
14%
29%
ކޮމެންޓް