ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވި އެވެ.
އޭގެ ތެރެއިން އެއް މިިލިއަން ރުފިޔާ މިހާތަނަށް ވެސް ދައުލަތަށް ނުދައްކާތީ، އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރު ކުރާތީ، އެ ފައިސާ އިއްޔެ އިން ފެށިގެން އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އަޙުމަދު އަދީބް އަބްދުލް ޣަފޫރުގެ ފަަރާތުން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ ހުސަހަޅާފައިވާ މައްސަލައިގައި މިހާތަނަށް ދައްކަން ޖެހި ނުދައްކަވާ 1،000.000.00 (އެއް މިލިއަން) ރުފިޔާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މި ފައިސާ މޯލްޑިވްސް އިލަންޑް ރިވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާސްކުރުމަށާއި އަދި ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް އިޙްތިރާމް ކުރުމަށް ދައުވާ ލިބޭ، އަޙުމަދު އަދީބް އަބްދުލްޣަފޫރަށް އަންގައި މި ގޮތުގައި މަތިން ޙުކުމްކޮށް މި މައްސަލަ ނިންމީމެވެ.ކްރިމިނަލް ކޯޓުގެޙުކުމް
ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އަޙުމަދު އަދީބް އަބްދުލްޣަފޫރުގެ ފަަރާތުން ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައިގައި މިހާތަނަށް ދައްކަން ޖެހި ނުދައްކަވާ "އެއް މިލިއަން" ރުފިޔާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑދިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މި ފައިސާ މޯލްޑިވްސް އިލަންޑް ރިވެނިއު އޮތޯރިޓީއަށް ދައްކާ ޚަލާސްކުރުމަށާއި އަދި ކްރިމިނަލް ކޯޓުގެ ގަޒިއްޔާގެ ޙުކުމަށް އިޙްތިރާމް ކުރުމަށް ދައުވާ ލިބޭ އަޙުމަދު އަދީބް އަބްދުލްޣަފޫރު އަށް އަންގައި މި ގޮތުގައި މަތިން ޙުކުމްކޮށް މައްސަލަ ނިންމާލާފައިވާ ކަމަށެވެ.