ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 16:39
ފަލަސްތީނު ރެޑް ކްރެސެންޓުގެ އެމްބިއުލާންސްތައް
ފަލަސްތީނު ރެޑް ކްރެސެންޓުގެ އެމްބިއުލާންސްތައް
ރޮއިޓާސް
ފަލަސްތީން-އިސްރާއީލް ހަނގުރާމަ
ޝިފާ ހޮސްޕިޓަލުގައި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް އެމްބިއުލާންސްތައް ތައްޔާރު: ފަލަސްތީނު ރެޑް ކްރެސެންޓް
ފަލަސްތީނު ރެޑް ކްރެސެންޓުން ވަނީ، އެމީހުންގެ 14 އެމްބިއުލާންސް މިހާރު ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައި
އެ ހޮސްޕިޓަލުގައި ބަލިމީހުންނާއި ޑޮކްޓަރުން ހިމެނޭހެން 250ށްވުރެ ގިނަ މީހުން އަދިވެސް ތާށިވެފައިވާކަަމަށް ރިޕޯޓުތައް ބުނޭ
ފަލަސްތީންގެ ރެޑް ކްރެސެންޓްގެ އިތުރުން، އދ.އާއި، ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ މެމްބަރުން ދަނީ އެމްބިއުލާންސްތަކާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން

ޝިފާ ހޮސްޕިޓަލުގައި ބާކީ ތިބި މީހުން ސަލާމަތްކުރުމަށް އެމްބިއުލާންސްތައް ތައްޔާރުކަމަށް، ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ.

ފަލަސްތީނު ރެޑް ކްރެސެންޓުން ވަނީ، އެމީހުންގެ 14 އެމްބިއުލާންސް މިހާރު ޝިފާ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ބުނެފައެވެ.

އެ ހޮސްޕިޓަލުގައި ބަލިމީހުންނާއި ޑޮކްޓަރުން ހިމެނޭހެން 250ށްވުރެ ގިނަ މީހުން އަދިވެސް ތާށިވެފައިވާކަަމަށް ރިޕޯޓުތައް ބުނެއެވެ.

ޝިފާ ހޮސްޕިޓަލުން މީހުން ސަލާމަތްކުރުމަށް ފަލަސްތީނު ރެޑް ކްރެސެންޓުގެ އިތުރުން، އދ.އާއި، ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ މެމްބަރުން ހަރަކާތްތެރިވަމުން ދާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޝިފާ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ތެރެއިން ކިޑްނީ ޕޭޝަންޓުން ޓްރާންސްފަރކުރަން ހަމަޖެހިފައިވަނީ ރަފަހްގައި ހުންނަ އަބޫ ޔޫސުފް އައްނައްޖާރު ހޮސްޕިޓަލަށެވެ. އަދި އެހެނިހެން އަނިޔާތަކަށް ފަރުވާހޯދަމުންދާ މީހުން ޓްރާންސްފަރކުރާނީ ޚާން ޔޫނިސްގެ ޔޫރަޕިއަން ހޮސްޕިޓަލަށެވެ.

ޝިފާ ހޮސްޕިޓަލް ވަގުތުން ހުސްކުރަން އިސްރާއީލު ސިފައިން އެންގުމާ ގުޅިގެން އެ ހޮސްޕިޓަލްގެ ނިއޯނޭޓަލް އައިސީޔޫގައި އިންކިޔުބޭޓަރުގައި ތިބި 39 ތުއްތުކުދިންގެ ތެރެއިން 31 ކުއްޖަކު ވަނީ ރެޑް ކްރެސެންޓް އެމްބިއުލާންސްގައި ހޮސްޕިޓަލުން ނެރެފައެވެ. އެކުދިން މިހާރު ވަނީ މިސްރުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް