ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 05:56
ސްކައިފޯލް
ސްކައިފޯލް
ސްކައިފޯލް
ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
 
މި ކެއުންތަކުގެ އަޖުމަ ބައްލަވާލެއްވުމަށް، ދޮރާ ހަމައަށް ގެންގޮސްދިނުމަށް 9639393 އަށް ގުޅުއްވޭނެ

ދިވެހީން އަދި ބޭރު ފަރާތްތަކުގެ މެދުގައި މަޝްހޫރު ރެސްޓޯރަންޓް، ސްކައި ފޯލް އިން ލަންޗް އަދި ބްރެކްފާސްޓްގެ ޑެލިވަރީގެ ޚިދުމަތް ފަށައިފިއެވެ.

ސްކައި ފޯލްގެ މި ޚިދުމަތުގެ ތެރެއިން، ބްރެކްފާސްޓްގެ ފަސް ބާވަތެއް، ގޭގައި ތިއްބަވައިގެން ކަސްޓަމަރުންނަށް އަޖުމަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ:

  • ބިގް ބްރެކްފާސްޓް
  • މޯލްޑިވިއަން 1
  • މޯލްޑިވިއަން 2
  • މޯލްޑިވިއަން 3
  • ކޮންޓިނެންޓަލް

މި ބާވަތްތަުގެ ތެރެއިން ބިގް ބްރެކްފާސްޓަކީ ހެވީ ބްރެކްފާސްޓެއް އެހެން ނަމަވެސް، ސިއްޙަތަށް ފައިދާ ހުރި ގޮތެއްގައި ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެއްވަނައިގެ ޗޮއިސްއެކެވެ. އަދި މޯލްޑިވިއަންގެ ތިން ބާވަތުގެ ބްރެކްފާސްޓުގައި ހިމެނެނީ، ރިހާކުރު، މަސްހުނ އަދި ކުޅިމަހެވެ.

މި ބްރެކްފާސްޓްތަކަކީ ދިވެހި ކެއުން، ބަދަލެއް ނެތި އޭގެ އެންމެ ފުރިހަމަކަންމަތީ ގެނެސްދޭނެ ކެއުންތަކެކެވެ. މި ބްރެކްފާސްޓް އޯޑާ ކޮށްލެވޭނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު 11ގެ ނިޔަލަށެވެ.

ސްކައި ފޯލްގެ ބްރެކްފާސްޓް ޑެލިވަރީ މެނިއު

މީގެ އިތުރުން ސްކައިފޯލް އިން ތައާރަފްކުރާ ލަންޗް ސެޓް މެނިއުގެ، 6 ބާވަތެއްގެ ސެޓް މެނިއުތައް އޯޑާ ކޮށްލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ލަމްޕްރައިސް، އިންޑިއަން، ސްޓާ ފްރައި ވިތް ޑެވިލްޑް ޗިކެން، ހެލްތީ، އޭޝިއަން އަދި ނާސި ލެމަކްއެވެ.

މި ކެއުންތައް އޯޑާ ކުރެވޭނެ ވަގުތަކީ މެންދުރު 11:30 އިން މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށެވެ. ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ވެސް މި ލަންޗު ސެޓް މެނިއުތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ވެސް އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މީގެ ކޮންމެ މެނިއުއެއް ނެންގެވި ނަމަވެސް، ދައްކަންޖެހިވަޑައިގަންނަވާ އަގަކީ އެންމެ 85 ރުފިޔާއެވެ!

ސްކައި ފޯލްގެ ސެޓް ލަންޗް ޑެލިވަރީ މެނިއު

މި ކެއުންތަކުގެ އަޖުމަ ބައްލަވާލެއްވުމަށް، ދޮރާ ހަމައަށް ގެންގޮސްދިނުމަށް 9639393 އަށް ގުޅުއްވޭނެއެވެ.

ސިނަ މާލެ ބުރިޖުގެ ހިތްގައިމު ސީވިއު ފެންނަން ހުންނަ ސްކައިފޯލް އަކީ ދިވެހިންނަށް ކަމުދާކަހަލަ ކެއުމާއި ބުއިންތައް ލިބެން ހުންނަ، ހިތްގައިމު ރެސްޓޯރެންޓެކެވެ. މި ރެސްޓޯރަކީ އެކި ގައުމުތަކުގެ ކޫޒިންތަކުގެ ކާބޯތަކެތި، އަނގަޔަށް މީރުކޮށް ލިބެން ހުންނަ ތަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް