ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 19:19
ސްކައިފޯލް
ސްކައިފޯލް
ސްކައިފޯލް
އާ އަހަރު ފާހަގަކޮށްލަން މި ފަހަރު ދާންވީ ސްކައިފޯލް އަށް - ކަމުދާނެ ގާލާ ޑިނާ އެއް!
 
ސްކައިފޯލް ގާލާ ޑިނާ އަށް ބުކިން ހެއްދެވުމަށް ގުޅުއްވާނީ 9477760 އަދި 9305576 އަށް
 
ގިނަ ވެރައިޓީތަކަކާއި އެކު ލައިވް ބަރބަކިއު އޮންނާނެ
 
ސްމޯކްޑް ބީފް ބޭކަން އަދި ގްރިލްޑް ޗިލީ ޗިކަން ހިމެނޭ ލައިވް ސެލަޑް ކޯނާ އެއް ގާލާ ޑިނާގައި ހިމެނޭނެ

ސްކައިފޯލް އަބަދުވެސް ފާހަގަކުރެވެނީ ތަފާތު ތަނެއްގެ ގޮތުގައެވެ. މީރުރަހަތަކާއި ހިއްގައިމު މާހައުލުގެ ސަބަބުން އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ސްކައިފޯލްއަކީ ޚާއްސަ ދުވަސްތައް ފާހަގަކޮށްލަން ދާން އެފަދަ ދެވަނަ އެއް ނެތް ފަދަ ތަނެކެވެ. ޚާއްސަ ދުވަސްތައް އިތުރަށް ޚާއްސަކޮށްލަން ޚިޔާރުކުރަންވީ ސްކައިފޯލްއެވެ. އާ އަހަރު ފަށަން ސްކައިފޯލް އިން ގެނެސްދެނީ ގާލާ ޑިނާ 2023އެވެ. މި ޑިނާ އަކީ ރޭގަނޑުގެ ކެއުމަށް ޚާއްސަ ކެއިންބުއިމުގެ އައިޓަމްތަކާއި އެކު ގެނެސްދޭ "ގާލާ ޑިނާ"އެކެވެ.

ގާލާ ޑިނާގެ މެނޫ

މި ގާލާ ޑިނާގެ މެނޫއަށް ބަލާލާ އިރު މެނޫއިން ދިވެހިންނާއި ބިދޭސީންވެސް ގަޔާވާނެ އެތައް އައިޓަމެއް ފެންނަން އެބަހުއްޓެވެ. އެގޮތުން ލިބެން ހުރި ބުއިންތަކުގައި ތެރޭގައި ހަނީ ކްރިސްޕް ފާހަގަކޮށްލެވެއެވެ. އަދި ދިވެހިންގެ މެދުގައި މަޤްބޫލް ސީފުޑް ވޮންޓޮން ސޫޕް މި މެނޫގާއި ވަނީ ހިމަނާފައެވެ. ސްޓާޓާސް އާއި ސެލަޑްގެ އައިޓަމްތަކަށް ބަލާއިރު ގާލިކް ޝްރިމްޕް ބަޓަރނަޓް، ފްރެޝް ގާޑެން ސެލަޑް ފަދަ އައިޓަމްތައް ފާހަގަކޮށްލެވެއެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ. ސްމޯކްޑް ބީފް ބޭކަން އަދި ގްރިލްޑް ޗިލީ ޗިކަން ހިމެނޭ ލައިވް ސެލަޑް ކޯނާ އެއް މި ގާލާ ނައިޓްގައި ހިމެނެއެވެ. އެހެންކަމުން ސިއްހަތު ރަނގަޅު ކާނާ އަށް ލޯބިކުރާ މީހުންނަށް ވެސް ރަހަމީރު އަދި ސިއްހަތަށް ރަނގަޅު ކާނާގެ ބާވަތްތައް މިތަނުން ލިބެން ހުންނާނެއެވެ.

ސްކައިފޯލް

މީގެ އިތުރުން ސްކައިފޯލްގެ ޚާއްސަ ރަހަތައް މި ގާލާ ނައިޓްގެ ތެރެއިން ލިބެން ހުންނާނެއެވެ. އެގޮތުން ސްކައިފޯލްގެ މަޝްހޫރު ކެއުންތައް ކަމަށްވާ ސްކައިފޯލް ސްޕެޝަލް ބީފް ރައިސް، ޗިކަން ޗޯމެއިން، ހޯލް ބޭކްޑް ފިޝް، ރޯސްޓެޑް ޗީޒީ ޕޮޓޭޓޯ، ސަމަރ ހަރބްސް ވެޖިޓެބަލް ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ މީރު ފޮނި ކާތަކެއްތާއި ލައިވް ބާބަކިއު ކޯނާ އާއި އެކު މި ގާލާ ޑިނާ އިތުރަށް ޚާއްސަކޮށްދެއެވެ. ސްކައިފޯލްގެ މާހައުލަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާފަދަ ހިތްގައިމު މާހައުލެކެވެ. ބްރިޖާއި ރާޅުގަނޑު ސަރަހައްދު ފެންނަ ގޮތަށް، ހިތްފަސޭހަވަގުތުކޮޅެއް ސްކައިފޯލްގައި ހޭދަކޮށްލުމަކީ އާ އަހަރުފަށަން އެންމެ ކަމުދާނެ ގޮތަށް ވާނެކަން ޔަގީނެވެ.

ސްކައިފޯލް ގާލާ ޑިނާ އަށް ބުކިން ހެއްދެވުމަށް ގުޅުއްވާނީ 9477760 އަދި 9305576 އަށެވެ. ލަސްނުކޮށް ބުކިން ހައްދަވަން ގުޅުއްވާލައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
29%
0%
0%
14%
0%
57%
ކޮމެންޓް