ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 17:59
ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަގު ބަންދުކޮށްފައި- ފައިލް ފޮޓޯ
ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަގު ބަންދުކޮށްފައި- ފައިލް ފޮޓޯ
ރާއްޖެ އެމްވީ
އިމިގްރޭޝަނާއި ފުލުހުންގެ އޮޕަރޭޝަންތައް
ގަވާއިދުން ރެއިޑްތަކެއްކޮށް، އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ ބަޔަކު ޑީޕޯޓުކޮށްލައިފި
 
ޑީޕޯޓުކޮށްލި މީހުންނަކީ އެކި ކުށްތަކަށް އަރައިގެންފައިވާ މީހުން
 
ކޮންމެ ހަފުތާއަކު 2 ނުވަތަ 3 އޮޕަރޭޝަން ކުރިއަށްގެންދޭ

ފުލުހުންނާ ގުޅިގެން ގަވާއިދުން ގިނަ ރެއިޑްތަކެއް ކުރިއަށް ގެންދާ ކަމަށާއި، އެހެން ގައުމުތަކަށް ނިސްބަތްވާ ގިނަ ބަޔަކު ޑީޕޯޓުކޮށްލާފައި ވާކަމަށް، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވިދާޅުވީ، ފުލުހުންނާ ގުޅިގެން ގަވާއިދުން ގިނަ ރެއިޑްތަކެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކު 2 ނުވަތަ 3 އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރެއިޑްތަކުގެ ތެރެއިން، ބަންގްލަދޭޝް 83 މީހުންނާއި، އިންޑިއާ 42 މީހުންނާއި، ސްރީލަންކާގެ 25 މީހުންނާއި، ނޭޕާލު 8 މީހުންނާއި، ޕާކިސްތާނު އެކަކާއި، ތައިލެންޑު 7 މީހުންނާއި، ޕިލިޕީންސް 4 މީހުންނާއި، ވިއެޓްނާމު 8 މީހުންނާއި، ރަޝިޔާ އެކަކާއި، ލެޓްވިއަން އެކަކާއި، ބްރެޒިލް 2 މީހުންނާއި، ނައިޖީރިއާ 3 މީހުން އެކި ކުށްތަކުގައި ޑީޕޯޓުކޮށްލާފައި ވާކަމަށެވެ.

ޕޮލިހާ ގުޅިގެން އަޅުގަނޑުމެން ވަރަށް ގިނަ ރެއިން އޮޕަރޭޝަންތައް މިހާރު ހިންގަމުންދަން. ހަފުތާއަކު ތިން އޮޕަރޭޝަނެއް ނޫނީ ދެ އޮޕަރޭޝަނެއް ރެގިއުލާރކޮށް ގެންދަން. މީގައެއް ނުހިމެނޭނެ ޚާއްސަ އޮޕަރޭޝަންތަކެއް. މިއީ ރެގިއުލާރކޮށް ކުރެވޭ ދެ މަސައްކަތް. ޚާއްސަ ކޭސްތަކުގަ ބައެއް ޓާގެޓް އޮޕަރޭޝަންތައް ހިންގާފަ ވާނެ، ފުލުހުންނާ ގުޅިގެން. އެ އޮޕަރޭޝަންތަކުގަ، ބައެއް ކުށްތަކަށް އަރައިގަންނަ (މައިގަނޑު ބޮޑެތި ކުށްތަކަށް އަރައިގަންނަ) ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، މިހާރު ވަނީ ގިނަ އަދަދަކަށް އޭގެތެރޭން ޑޮކިއުމެންޓް / ޕާސްޕޯޓު ހުރި ފަރާތްތައް ޑީޕޯޓް ކުރެވިފަ.
އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު ޝަމްއާން

ޝަމްއާން ވިދާޅުވީ ޑީޕޯޓުކޮށްލި މީހުންނަކީ އެކި ކުށްތަކަށް އަރައިގެންފައިވާ މީހުން ކަމަށެވެ. އޭގެތެރޭގައި ވިޒާ ވަޔަލޭޝަނާއި، މަސްތުވާތަކެތީގެ މައްސަލަތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ވާކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ނެގުމަށް އޮންލައިންކޮށް ނަންބަރު ދޫކުރަން ނިންމައިފި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި