ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 11:42
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ސިއްހީ ޚިދުމަތުގެ މިންގަނޑު
ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އާންމު އުމުރުފުރާ: 16 އަހަރުން ދަށް
 
ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން ބެލުމަށާއި، ފަރުވާ ދިނުމަށް ހުރަހެއް ނެތް
 
ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމުކަމެއް

ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އާންމު އުމުރުފުރާއަކީ 16 އަހަރުން ދަށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށާއި، އެހެންކަމުން، އާންމު އުސޫލެއްގެގޮތުން ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން ބެލުމާއި، ފަރުވާ ދިނުމަށް ވަކި އުމުރުފުރާއެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުގެ މަތިން ކަނޑައަޅާފައިވާ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިންގެ އުމުރުފުރާއެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، މިހެން މިކަން ކަނޑައެޅިފައި އޮތްނަމަވެސް ކުޑަކުދިންގެ ޙާއްޞަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން/މީހުން ބެލުމާއި ފަރުވާ ދިނުމަށް ހުރަހެއް ނެތްކަމަށެވެ.

އަދި އެހެނިހެން ސްޕެޝަލިޓީ/ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ޙާއްޞަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބަލާ، އެކުދިންނަށް ފަރުވާ ދެވިދާނެކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ވަނީ މި އުސޫލަށް އިތުރު ބަދަލެއް ނުގެނެވޭހާ ހިނދަކު، ހުރިހާ ހޮސްޕިޓަލުތަކުން ވެސް ޞިއްޙީ ޚިދުމަތް ދިނުމުގައި މިގޮތަށް ޢަމަލު ކުރުމަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް