ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 13:45
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
އައިޖީއެމްއެޗް
އައިޖީއެމްއެޗަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހަށް
22 މެޑިކަލް އޮފިސަރުންނާއި، 24 ނަރުހުން ހޯދުމަށް ހުޅުވާލާފައިވޭ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ވަނީ، 22 މެޑިކަލް އޮފިސަރުންނާއި، 24 ނަރުހުން ހޯދުމަށް ހުޅުވާލާފައެވެ.

މި އިއުލާނުގައިވާ ގޮތުން ރޭންކު 7 ގެ ޑޮކްޓަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 18,129 ރުފިޔާ، އަދި ރޭންކު 8 ގެ ޑޮކްޓަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 20,004 ރުފިޔާ ލިބެއެވެ. އެއާއެކު އެލަވަންސްވެސް ލިބެއެވެ.

Advertisement

އިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލާ ޑޮކްޓަރުންނަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރައްޖިސްޓްރީކޮށް (ބޭސިކް) ލައިސަންސް ލިބިފައިވާ ފަރާތްތަކަށްވުން ލާޒިމެވެ.

މީގެ އިތުރުން، ނަރުހުންނަށް ރޭންކް 5 ނަމަ އަސާސީ މުސާރައިގެ ގޮތުގައި 11,428 ރުފިޔާ އަދި ރޭންކް 7 ނަމަ އަސާސީ މުސާރައިގެ ގޮތުގައި 13,057 ރުފިޔާ ލިބެއެވެ. މި މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާއަކީ ބޭސިކް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ) އެވެ.

މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން މަގާމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް