މާފަންނުގައި ހުންނަ ކެފޭއެއްގައި ހަބަރު ހުސްވެފައި އިން މީހަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބަރު ހުސްވެފައި އިން މީހާ އިނީ މާފަންނު ޝާއިރު ވަރުދީ މަގުގައި ހުންނަ ޒެން ބިސްތްރޯ ކެފޭގައެވެ. އަދި އޭނާ އެތަނުގައި އިނީ ޖޫސްތައްޓެއް ބޯންށެވެ. އަދި ކުއްލި ގޮތަކަށް އޭނާގެ ހަބަރު ހުސްވިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ފަރުވާ ދެމުންދަނީ ދިވެއްސަކަށެވެ.