Advertisement
ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 05:30
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ސަރުކާރުގެ މަސައްކަތްތައް
ސަރުކާރުގެ ވިސްނުމަކީ ބޭރުގެ އެހީއެކު އުސް ޕާކިންގ އިމާރާތްތަކާއި، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން - މުއިއްޒު
ބަޖެޓުގައިވެސް މަސައްކަތް ކުރުމަށް ޖާގަ އުފައްދާފައިވާނެ ކަމަށް ސަރުކާރުން ބުނޭ
މާލޭސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫޢުތައް، އެއްބަސްވުންތަކާ އެއްގޮތަށް ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ
ރައީސް ވިދާޅުވީ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށް

ސަރުކާރުގެ ވިސްނުމަކީ ބޭރުގެ އެހީ އާއިއެކު އުސް ޕާކިންގ އިމާރާތްތަކާއި، މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މާލޭގައި 1990 ވަނަ އަހަރު ހުރި ގަޑިބުރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށެވެ. އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ކުރީގެ ސަރުކާރުން ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫޢެއްވެސް ދެން ބާރު ސްޕީޑްގައި ހިނގަމުންދާނެ ކަަަމަށެވެ. ޚާއްޞަ ގޮތެއްގައި، ޕާކިންގ ބިލްޑިންގތައް އެޅުމަށްޓަކައި މާލޭސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫޢުތައް، އެއްބަސްވުންތަކާ އެއްގޮތަށް ކުރިއަށް ގެންދަން ފުރުސަތު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ރައީސް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި މަލްޓި ސްޓޯރީ، މަލްޓި ޔޫސް، ނޫނީ އެކިކަހަލަ ބޭނުންތައް ހިފޭފަދަ އުސް ޕާކިންގ އިމާރާތްތައް އެޅިގެންދާނެ ކަމަށެވެ. އެއާއި އެކު މިހާރު މަގުތަކުގައި މި ޖެހިފައި އޮންނަ ތޮއްޖެހުމަށް ލުއިތަކެއް އަންނާނެ ކަމަަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މަގު ހެދުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ދެން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ބަޖެޓުގައިވެސް މަސައްކަތް ކުރުމަށް ޖާގަ އުފައްދާފައިވާނެ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މިއީ ބޮޑު މަޝްރޫޢަކަށްވާތީ، ބޭރުގެ އެހީތެރިކަންވެސް ހޯދުން ކަަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް