ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރުޅިގަދަވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ހޯމަ ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިހައްދުވަހަކު ޕްރައިވެޓް ސެކްޓަރ އާއި 200 އެތައް މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރާ ހަވާލުކުރި މަޝްރޫޢުތަކާއި ހެދި ބައެއް ފަރާތްތަކަށް ނިދިވެސް ނައިސްގެން އުޅޭ ކަމަށެވެ.
ދެން އަޅުގަނޑު ކުރާނެ ކަމެއް ނޫން އެ ބޭފުޅުން ނިދިނައުމަކީ. ޤާނޫނާއި ގަވާއިދާ ޚިލާފަށް މި ސަރުކާރު ނުކުރާނޭ. އެއްވެސް ކަމެއް ނުކުރާނަމޭ. ބަރާބަރަށް އެކަން ކޮށްފައި އޮތީ. މިނިވަން މުއައްސަސާތައް، އޭ.ސީ.ސީ. ވެސް ޕީ.ޖީ ވެސް ހުރިހާ ތަނެއް ބައްލަވާ! އެ ބޭފުޅުން ބައްލަވާ! ޤާނޫނާ އެއްގޮތަށް އޮތީމަ އަޅުގަނޑު ހަމަ ފުރިހަމައަށް ޔަގީންކަން އެބައޮތް. އޭގެ ހުރިހާ މުއައްސަސާއަކަށް އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރަން. ގާނޫނާ ހިލާފަށް އެއް ކަމެއްވެސް ނުކުރާނަން. މިއަދާ ހަމައަށްވެސް މާދަންވެސް ނުކުރާނެ. އެއްގޮތަކަށްވެސް ނުކުރާނަން. އެހެންވީމާ، މި ދުއިސައްތަ މަޝްރޫޢުވެސް އަޅުގަނޑުމެން ސޮއިކުރީ ހަމަ ޤާނޫނު އޮތްގޮތަށް އިޖުތިރާޢަތްތަކުގެ ތެރެއިން.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން އުޅެނީ ރައްޔިތުންނަށް މަޝްރޫއެއް އައިސްދާނެތީ ކަމަށެވެ. އަދި މަޝްއޫއެއްގައި ސޮއިކުރާ އިރަށް އޭސީސީއަށްދާ ކަމަށާއި، ފެނުގައި ހުރި މައްސަލަ ހައްލުކޮށް ފެން ދޫކުރީމަ ވެސް ދަނީ ކޯޓަށް ކަމަށް ހިތްހަމަނުޖެހުމުގެ ރާގަކުން ރައީސް ރުޅިދުރުވެ ހުންނަވާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ކަމެއް ވާން އުޅޭއިރުގައި، މިކަމަކާ ދެން ދެކޮޅުހަދަނީ ކީއްކުރަންތޯ، މި އުޅެނީ؟ ރައްޔިތުންނަށް މަޝްރޫޢެއް އަންނާތީ އޭ.ސީ.ސީ. ރައްޔިތުންނަށް މަޝްރޫޢެއް އަންނާތީ ޕީ.ޖީ. ރައްޔިތުންނަށް ފެނުގައި ހުރި މައްސަލަތައް ޙައްލުކޮށްފައި ފެން ދޫކުރީމަވެސް ކޯޓަށް. މިއީ ދެން އަޖައިބެއްކަހަލަ ކަމެއް، މިއީ ކޮން ޤައުމެއްގައި ޚިދުމަތް ކުރަންބާއޭ މިއުޅެނީ އަޅުގަނޑު ހިތަށްއަރާ ބައެއް ފަރާތްތަކުން. ރައްޔިތުންނަށް ކަމެއް ކޮށްދޭން އުޅޭ އިރު އެއަށް އެއްބާރުލުމެއް ނޫންތޯ ދޭންޖެހޭނީ. ދެން އޭގެ ޤާނޫނާ ޚިލާފު ކަމެއް ހިނގާފައި އޮތިއްޔާ، އެކަމެއް ރަނގަޅުކޮށްލަން އެއްޗެއް ވިދާޅުވުމަކީ ހަމަ ޒިންމާދާރު ޕޮޒިޝަނެއްގައި ކަން ކުރަންޖެހޭނެ ގޮތް. އެކަމެއް މި ރާއްޖެއިން އަދި ފެންނަވަރެއް ނުވޭ. އެކަން ފެނިއްޖެއްޔާ ވަރަށް ރަނގަޅު ވާނެ. އެއިރު އަސްލުގައި ގައުމަށް ހަމަޖެހުން އަންނާނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީގެ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށެވެ. އަދި އުމްރާނީ ތަރައްޤީގެ ގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތައް ލިސްޓުކުރަންވެއްޖެއްޔާ ވަރަށް ގިނަ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގެ ދާއިރާއަކުން ވެސް އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އުމްރާނީ ތަރައްޤީގެ 1875 މަޝްރޫޢު ސޮއިކޮށް އެކި މަރުޙަލާތަކުގައި ހިނގަމުންދޭ. އަދި ޢަމަލީގޮތުން މޮބިލައިޒްކޮށް ބިންގާ އެޅި ރަށެއްގައި ވިއްޔާ ހުރިހާ ރަށެއްގައި މަސައްކަތް ފެށުމަށް މޮބިލަައިޒް ކުރެވިއްޖެ. އަދި ބައެއް ރަށްތަކަށް ތަކެތި މިހާރު މިވަގުތުވެސް އުފުލާ. ހުރިހާ ރަށެއްގައި މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށްދަނީ. ސޮއިކުރި މަޝްރޫޢެއް ވިއްޔާ އެންމެ ގިނަވެގެން 3 މަސް ތެރޭ ފަށާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މީގެތެރޭގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ނެރުފުން ކުރުމާއި، މަގު ހެދުމާއި، ހުރިހާ ޒާތެއްގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.
ޚަބަރު: ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް https://t.co/D91vlWfCOs
— raajje.mv (@raajjemv) November 10, 2025
ސަރުކާރުން ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ އޭސީސީގެ އިތުރުން ޕީޖީ އަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެމްޑީޕީން އެދިފައި ވަނީ މި މައްސަލަ ބަލާ ތަހުގީގުކުރުމަށާއި އެޑްވާންސް ޕޭމެންޓްގެ ފައިސާ ދިނުން ހުއްޓުވުމުގެ ފިޔަަވަޅެއް ހޯދުމަށެވެ.