ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 23:09
ޚާން ޔޫނިސަށް އިސްރާއިލުން ދިން ވައިގެ ހަމަލާތަކެއްގައި ގެއްލުން ލިބިފައިވާ އިމާރާތެއް
ޚާން ޔޫނިސަށް އިސްރާއިލުން ދިން ވައިގެ ހަމަލާތަކެއްގައި ގެއްލުން ލިބިފައިވާ އިމާރާތެއް
ރޮއިޓާސް
ފަލަސްތީން - އިސްރާއިލް ހަނގުރާމަ
ޣައްޒާގެ ދެކުނު، ޚާން ޔޫނިސްގައި ތިބި މީހުންނަށް އެތަން ދޫކޮށްދިއުމަށް އިސްރާއިލުން އަންގައިފި
މީގެ ކުރިން އިސްރާއިލުން ވަނީ ޣައްޒާގެ އުތުރުގައި ތިބި މީހުންނަށް އެސަރަަހައްދު ދޫކޮށް، ދެކުނުގެ ސަރަހައްދުތަކަށް ދިއުމަށް އަންގައިފައި
ގުތުން ވަގުތައް އެސަރަަހައްދު ދޫކޮށް ދިއުމަށް އަންގައި، އިސްރާއިލް ސަރުކާރުން އެސަރަހައްދަށް ކަރުދާސްތަކެއް އަޅާލާފައިވޭ
މިކަރުދާސްތައް އަޅާފައި ވަނީ ޚާން ޔޫނިސްގެ އަވައްތައް ކަމަށްވާ އަލް ޤަރާރާ، ޚުޒާޢާ، ބަނީ ސުހެއިލާ އަދި އަބަސަނަށް

ޣައްޒާގެ ދެކުނު، ޚާން ޔޫނިސްގައި ތިބި މީހުން، އެސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއިލުން އަންގައިފިއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ނޯރވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރްސީ) ގެ މުވައްޒަފެއް ކަމަށްވާ ޔުސުފް ހަމަޝް ވަނީ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް މިކަން ހިއްސާކޮށްފައެވެ.

އެގޮތުން، ވަގުތުން ވަގުތައް އެސަރަަހައްދު ދޫކޮށް ދިއުމަށް އަންގައި، އިސްރާއިލް ސަރުކާރުން އެސަރަހައްދަށް ކަރުދާސްތަކެއް އަޅާލާފައިވާކަމަށް އޭނާ ވަނީ ހިއްސާކޮށްފައެވެ.

އޭނާ ވަނީ މިކަރުދާސްތައް އަޅާފައި ވަނީ ޚާން ޔޫނިސްގެ އަވައްތައް ކަމަށްވާ އަލް ޤަރާރާ، ޚުޒާޢާ، ބަނީ ސުހެއިލާ އަދި އަބަސަނަށް ކަަމަށްވެސް ހިއްސާކޮށްފައެވެ.

މީގެ ކުރިން އިސްރާއިލުން ވަނީ ޣައްޒާގެ އުތުރުގައި ތިބި މީހުންނަށް އެސަރަަހައްދު ދޫކޮށް، ދެކުނުގެ ސަރަހައްދުތަކަށް ދިއުމަށް އަންގައިފައެވެ. މިހާރު މިފެނިގެން ދަނީ ދެނުކުގެ ސަރަހައްދުތަކުގައި ތިބި މީހުންނަށްވެސް އެމީހުން ތިބި ތަންތަން ދޫކޮށް ދިއުމަށް އިސްރާއިލް އަަސްކަރިއްޔާއިން އަންގަމުންދާ ތަނެވެ.

އިސްރާއިލުން މަސައްކަތް ކުރަމުން މިދަނީ ޣައްޒާގައި ދިރިއުޅެމުންދާ 2.3 މިލިއަން މީހުންގެ އާބާދީ މުޅި އެތަނަކަށް ޖަމާކޮށް، އެސަރަހައްދުން ދިއުމަށް އެމީހުންނަށް މަޖުބޫރުކުރުވުން ކަމަށް މިހާރުގެ މަންޒަރުތަކުން ދޭހަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް