ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 09:45
ޔަހޫދީ ސިފައިން ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އާންމުން ހަރަކާތްތެރިވަނީ
ޔަހޫދީ ސިފައިން ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އާންމުން ހަރަކާތްތެރިވަނީ
ރޮއިޓާސް
ޖަބަލިއާ ރެފިއުޖީ ކޭމްޕް
ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 30 މީހަކު މަރުވެއްޖެ
12 ގެއަކަށް ހަމަލާ އަމާޒުކޮށްފައިވޭ
މިއީ ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ހަމަލާދިން 4 ވަނަ ފަހަރު

ހޯމަ ދުވަހުގެ ދަންވަރު ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 30 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ އުތުރުން އޮންނަ ޣައްޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް ޔަހޫދީ ހަރުކަށި ސިފައިން ހަމަލާ ދީފައިވަނި ދަންވަރުގެ އެކި ވަގުތުތަކުގައެވެ. އަލްޖަޒީރާގައި ބުނެފައިވާގޮތުން 12 ގެއަކަށް ވައިގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

މިއީ ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ހަމަލާދިން 4 ވަނަ ފަހަރެވެ. ނޮވެމްބަރު 8 ވަނަ ދުވަހު ރެފިއުޖީ ކޭމްޕްގެ ހޮސްޕިޓަލެއް ކައިރީގައި ހުރި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 19 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

އޮކްޓޯބަރު 31 އާއި ނޮވެމްބަރު 1 ގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ޖަބާލިއާގެ ބައެއް ހިސާބުތައް ހަލާކުކޮށްލާ، ބޮޑެތި އިމާރާތްތައް ބިމާހަމަކޮށްލާފައިވާ އިރު، ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މަދުވެގެން 195 އާންމުން އެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށެވެ.

އިސްރާއިލުން އާންމުންގެ ގެދޮރަށާއި ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަމަލާދެނީ އެ ތަންތަން މަރުކަޒުތަކުގެ ގޮތުގައި ހަމާސްއިން ބޭނުންކުރަމުންދާ ކަމަށް ބުނެ ބަހަނާ ދައްކައިގެންނެވެ.

ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުން އަންނަ ހަމަލާފައި މަރުވި މީހުންގެ އަދަދު 11،240ށް ވަނީ އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި 4،630 ކުޑަކުދިންނާއި 3،130 އަންހެނުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އިތުރު 29،000 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް