ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 20:31
އިސްރާއިލުން ދަނީ އައްޝިފާ ހޮސްޕިޓަލް ވަށާލައި ހުއްޓުމެއްނެތި ހަމަލާދެމުން
އިސްރާއިލުން ދަނީ އައްޝިފާ ހޮސްޕިޓަލް ވަށާލައި ހުއްޓުމެއްނެތި ހަމަލާދެމުން
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
އިސްރާއިލުން އައްޝިފާ ހޮސްޕިޓަލްގެ ކާޑިއޮލޮޖީ ވޯޑު ފުނޑުފުނޑު ކޮށްލައިފި
 
އިސްރާއިލުން ދަނީ އައްޝިފާ ހޮސްޕިޓަލް ވަށާލައި ހުއްޓުމެއްނެތި ހަމަލާދެމުން
 
އެއްވެސް މީހަކަށް ހޮސްޕިޓަލަށް ނުވަދެވޭއިރު، ހޮސްޕިޓަލުން ބޭރަށްވެސް ނުދެވޭ
 
ހޮސްޕިޓަލަށް ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލްގައި ކަރަންޓުކެނޑި އިންކިއުބޭޓަރުތައް ހުއްޓި ތުއްތު ކުދިން ދަނީ މަރުވަމުން

އައްޝިފާ ހޮސްޕިޓަލް ވަށާލައި އެހޮސްޕިޓަލަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލްގެ ކާޑިއޮލޮޖީ ވޯޑު އިސްރާއިލުން ފުނޑުފުނޑު ކޮށްލައިފިއެވެ.

އައްޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަމާސްގެ ހެޑް ކުއާޓަރު ހިންގަމުންދާ ކަމަށާއި ހޮސްޕިޓަލު ތެރޭގައި ހަނގުރާމަވެރިން ތިބިކަމަށް ބުނެ އިސްރާއިލުން ދަނީ އެހޮސްޕިޓަލަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިސްރާއިލް އަސްކަރިއްޔާއިން ވަނީ ޓޭންކް ތަކާއެކު އައްޝިޕާ ހޮސްޕިޓަލާއި އެސަރަހައްދުގެ އިމާރާތްތައް ވަށާލައިފައެވެ. އެސަރަހައްދުގައި އިސްރާއިލްގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާއިރު، ހޮސްޕިޓަލް ވަށައިގެންހުރި އިމާރާތްތަކުގެ ތެރޭގައި ސްނައިޕަރުންވެސް ވަނީ ސްޓޭޝަންކޮށްފައެވެ.

އެއްވެސް މީހަކަށް ހޮސްޕިޓަލަށް ނުވަދެވޭއިރު، ހޮސްޕިޓަލުން ބޭރަށްވެސް ނުދެވެއެވެ.

ހޮސްޕިޓަލުގެ ވަށައިގެންވާ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، ހޮސްޕިޓަލުގެ ތެރޭގައި އެތައް ހާސް އާންމުންނެއް އަންނަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

އެތައް ހާސް ބަލި މީހުންނެއް ހޮސްޕިޓަލުގައި ތިބިއިރު، ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހޮސްޕިޓަލުގެ މައި ގޭޓަށް ހަމަލާދީފައެވެ. އަދި ހޮނިހިރު ދުވަހާ އާދިއްތަ ދުވަހުވެސް ހޮސްޕިޓަލަށް ދެމުންދާ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.

އައްޝިފާ ހޮސްޕިޓަލަކީ އިސްރާއިލްގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ބަޔަކު ބޯހިޔާވަހިކަން ހޯދަމުންދާ އިމާރާތްވެސްމެއެވެ. އަދި އެހޮސްޕިޓަލްގައި އެތައް ހާސްބަޔަކަށް ފަރުވާދެމުންވެސް ދެއެވެ. ހޮސްޕިޓަލަށް ދެމުންދާ ހަމަލާތަކުގައި ހޮސްޕިޓަލްގައި ކަރަންޓުކެނޑި އިންކިއުބޭޓަރުތައް ހުއްޓި ތުއްތު ކުދިން ދަނީ މަރުވަމުންނެވެ. ހޮސްޕިޓަލުން ކަރަންޓުކަނޑަމުންދާތީ ވެންޓިލޭޓަރުތައް ވެސް ދަނީ ހުއްޓެމުންނެވެ.

އައްޝިފާ ހިސްޕިޓަލަކީ ޣައްޒާގައި މިވަގުތު ބޭނުންކުރެވޭ 16 ހޮސްޕިޓަލުން އެއް ހޮސްޕިޓަލް ކަމަށްވާއިރު، އިސްރާއިލް އަސްކަރިއްޔާއިން އެ ހޮސްޕިޓަލް ވަށާލުމާއެކު، އެހޮސްޕިޓަލްވެސް މިވަނީ މިހާރު ޣައްޒާގެ ރައްޔިތުންނަށް ބޭނުންނުކުރެވޭ ހޮސްޕިޓަލްތަކުގެ ލިސްޓަށް އަރައިފައެވެ. އެއްވެސް މީހަކަށް ހޮސްޕިޓަލަށް ވަދެ ނުނުކުމެވޭއިރު، އެމްބިއުލައިންސްގައިވެސް ބަލި މީހުން އެ ހޮސްޕިޓަލަށް ނުވެއްދެއެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ރިޕޯޓަރުން ވަނީ އައްޝިފާ ހޮސްޕިޓަލުން މީހުން ބޭރަށް ނުކުމެ ހަދާނަމަ، އިސްރާއިލް އަސްކަރިއްޔާގެ ސިފައިންގެ ބަޑީގެ ހަމަލާތައް އެމީހުންނަށް އަމާޒުވާކަމަށް ބުނެފައެވެ.

ހޮނިހިރު ދުވަހު އިސްރާއިލުން ވަނީ އާދިއްތަ ދުވަހު، އައްޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތު ކުދިން އެހޮސްޕިޓަލުން ނެރުމަށް އެހީވާނެ ކަމަށް ބުނެފައެވެ. އިސްރާއިލުން ވަނީ ތުއްތު ކުދިން އެތަނުން ސަލަމާތްކޮށްދިނުމަށް އައްޝިފާ ހޮސްޕިޓަލްގެ ޑޮކްޓަރުން އެދިފައިވާކަަމަށް އިސްރާއިލުން ވަނީ ބުނެފައެވެ.

އައްޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ހެޑްކުއާޓަރއެއް ފޮރުވުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި އިސްރާއިލުން ބުނަމުންދާއިރު، ހަމާސް އިން ދަނީ އެވާހަކަތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ. އަދި އެކަމުގެ ތެދު ދޮގު ބެލުމަށް، އެކަން ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހަމާސްއިން ވަނީ ދައުވަތުވެސް ދީފައެވެ.

އިސްރާއިލުން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާތާ 37 ދުވަސް ވެގެން ގޮސްފައިވާއިރު، މިހަމަލާތަކުގައި 11،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 4،500ށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި