ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 20:20
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާހަމަވެފައި
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާހަމަވެފައި
ރޮއިޓާސް
ފަލަސްތީން-އިސްރާއިލް ހަނގުރާމަ
އިސްރާއިލްގެ ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ 40,000ށް ވުރެ ގިނަ ހައުސިންގ ޔުނިޓް ވަނީ ބިމާހަމަވެފައި
 
ހައުސިން ޔުނިޓްތަކުގެ އިތުރުން ތައުލީމީ ފެސިލިޓީތަކާއި ސިއްހީ ފަރުވާދޭ ފެސިލިޓީތަކާއި މިސްކިތްތަކާއި ފައްޅިތަކަށްވެސް އިސްރާއިލުން ދަނީ ހަމަލާދެމުން
 
މިހާތަނަށް އައިރު އިސްރާއިލުން ވަނީ ޣައްޒާއަށް 32،000 ޓަނުގެ ގޮވާތަކެތި އަޅާފައި
 
ޣައްޒާގެ ބޯހިޔާވަހިކަމަށް ލިބިފައިވާ ގެއްލުމުގެ އަގު ދެ ބިލިއަން ޑޮލަރަށް އަރާ

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ އިމާރާތް ބިމާހަމަވެފައިވާކަމަށް ޣައްޒާގެ އޮފިޝަލުން ބުނެފިއެވެ.

ޣައްޒާގެ ސަރުކާރުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 40،000 ހައުސިން ފުނޑުފުނޑުވެ ބިމާހަމަވެފައިވާކަމަށެވެ.

އެބަޔާނުގައި ޣައްޒާގެ ސަރުކާރުން ވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން، މިހާތަނަށް އައިރު ޣައްޒާއަށް 32،000 ޓަނުގެ ގޮވާތަކެތި އަޅާފައިވާކަމަށްވެސް ބުނެފައެވެ.

އިސްރާއިލުގެ ހަމަލާތަކުގައި ޣައްޒާގެ ބޯހިޔާވަހިކަމަށް ލިބިފައިވާ ގެއްލުމުގެ އަގު ދެ ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި، އުމްރާނީ ބިނާތަކަށް ލިބިފައިވާ ގެއްލުމުގެ އަގުވެސް ދެ ބިލިއަނަށް އަރާނެ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާގެ މީހުން ދިރިއުޅޭ 40،000 އިމާރާތް ބިމާހަމަވެފައިވާކަމަށް އދ އިން ވެސް ފާހަގަކޮށްފައިވާއިރު، އެޖަމިއްޔާގެ ރިޕޯޓުގައިވާގޮތުން، ޣައްޒާގެ ތައުލީމުދޭ 278 އިމާރާތަކާއި ސިއްހީ ފަރުވާދޭ 270 ފެސިލިޓީގެ އިތުރުން މީހުން އަޅުކަން ކުރުމަށް، މިސްކިތްތަކާއި ފައްޅިތައް ހިމެނޭހެން 69 އިމާރާތެއް ވެސް ވަނީ އިސްރާއިލްގެ ހަމަލާތަކުގައި ބިމާހަމަވެފައެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މުޅި ޣައްޒާ ފުނޑުފުނޑު ކުރަމުންދާއިރު، މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 11،000ން މައްޗަށް އަރައިފައެވެ. މީގެ ތެރޭގައި 4،500ށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި