2024 ވަނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާ ކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އަދި ދަޢުލަތުގެ މާލިއްޔަތު ޤާނުނު އަދި ދަޢުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާއި ގުޅޭ އެންމެހާ ތަފްސީލްތައްވެސް މަޖިލީހަށް ހޯމަ ދުވަހު ހުށައަޅާފައިވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓ،ު މިނިސްޓަރު ތައްޔާރުކޮށ،ް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ބަޖެޓު ހުށަހަޅާއިރ،ު އެ ބަޖެޓުގައ،ި ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ޚަރަދާއ،ި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއ،ި އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއ،ި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބު އެ ބަޖެޓުގައި ވަކި ސުރުޚީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެ ކަމަށެވެ.
2023 ވަނަ އަހަރަށް މަޖިލީހަށް ހުށަހެޅީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓަކީ މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. 2023 ވަނަ އަަހަރުގެ ބަޖެޓުގައި ބުނެފައިވަނީ އަންނަ އަހަރުގެ ޓެކުހުގެ ގޮތުގައި 25 ބިލިއަން ރުފިޔާ ލިބޭނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ބުނެފައިވެއެވެ. ޓެކްސް ނޫން ގޮތުގައި 6 ބިލިއަން ރުފިޔާ، ހަރުމުދާ ވިއްކައިގެން 18 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެފައިވެއެވެ. ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 34 ބިލިއަން ރުފިޔާ ލިބޭނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުމަށް އެޖެންޑާކޮށްފައިވީ ނަމަވެސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާތީ، މަޖިލީހުގެ ގަވާއިދުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުދެއެވެ.
އަދި އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ނިންމަވާފައެވެ. މިނިސްޓަރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާފައިވާތީއެވެ.