ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 08:24
ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް
ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް
ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް
ހޮނިހިރު ދުވަހުގެ ރޭ ވެސް އިސްރާއީލްގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާ އަށް
އިސްރާއީލުން ވަނީ ހަނގުރާމަ ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފައި

ހޮނިހިރު ދުވަހުގެ ރޭ ވެސް އިސްރާއީލުން މެދުނުކެނޑި ބާރުގަދަ ހަމަލާތަކެއް ފަލަސްތީނަށް އަމާޒުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ވެސް ޣައްޒާގެ އާއްމުންގެ އެތައް ބަޔަކު ހޭދަކުރީ ގާތްތިމާގެ މީހުން މަރުވުމުގެ ހިތާމައިގައެވެ. ވައިގެ މަގުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ސީއެންއެންގެ ވީޑިއޯއަކުން އެނގޭ ގޮތުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނެއެވެ. އަދި ޣައްޒާގެ އެތައް އާއްމުންނެއް ވަނީ ރޭގެ ހަމަލާތަކާއި ގުޅިގެން އަލް އަޤްސާ މާރޓީސް ހޮސްޕިޓަލް ކައިރިއަށް ޖަމާވާން ފަށާފައެވެ.

އިސްރާއީލް ސިފައިން ވަނީ އެއްގަމު މަގުން ޣައްޒާ އަށް އަރާފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ހަމަލާތަކަކީ މިހާތަނަށް ޣައްޒާ އަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއްގަމު މަގުން ޣައްޒާ އަށް ވަދެ ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު އެހީދޭ ފަރާތްތަކަށް ޣައްޒާ އަށް ނުވަދެވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ދަނީ ހާލުގައި ޖެހެމުންނެވެ. އެގޮތުން ސާފު ބޯފެން ނުލިބި ސިއްހީ ނިޒަމްވެސް ވަނީ ނުރައްކަލެއްގެ ތެރޭގައެވެ.

އިސްރާއީލުން ވަނީ ހަނގުރާމަ އިތުރަށް ވެސް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކަކީ އެކި ސްޓޭޖްތަކަށް ބަހާލާފައިވާ ހަމަލާތަކެއްކަމަށާއި މިހާރު އިސްރާއީލުގެ އަސްކަރިއްޔާ އިން އެދަނީ ހަނގުރާމައިގެ ދެން އޮތް ސްޓޭޖަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް