Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 19:05
އިންތިޚާބީ ރައީސް، ޑރ. މުއިއްޒު
އިންތިޚާބީ ރައީސް، ޑރ. މުއިއްޒު
ޕީއެސްއެމް
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުން
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3500އެއްހާ ފަރާތަށް ދައުވަތު ދެނީ
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް ހުވާކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި
އެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ކުރައްވަމުން
ރަސްމިއްޔާތު ކަވަރުކުރަން ބޭނުންވާ ބޭރުގެ މީޑިޔާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެފުރުސަތު ހުޅުވާލާފައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3500އެއްހާ މީހުންނަށް ދައުވަތު ދޭނެކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ރަސްމިއްޔާތުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ގިނަ ފަރާތްތަކަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން، ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ރަސްމިޔާތުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ގައުމުތަކުގެ ވެރިންނާއި ގައުމުތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވާފައި ވާކަމަށް، އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ. އެ ރަސްމިއްޔާތަށް 3500އެއްހާ ފަރާތަށް ދައުވަތު ދިނުމަށް ތައްޔާރުވަމުންދާކަން ހާމަކުރީ މަޖިލީހުގެ އިދާރާއިންނެވެ.

Advertisement

މޫސުން ގޯސްވެ، ޖުމްހޫރީ މައިދާނުގައި ނުބޭއްވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ، މިރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިރަސްމިއްޔާތު އޮންނާނީ 17ވާ ހުކުރު ދުވަހުގެ ހަވީރު 16:45ގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް ހުވާކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައެވެ. އެރަސްމިއްޔާތު ކަވަރުކުރަން ބޭނުންވާ ބޭރުގެ މީޑިޔާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް