އެޕަލް އިން ބުނީ އަލަށް ނެރުނު އައިފޯން 15 ގެ ބައެއް ސްމާޓްފޯންތައް ހޫނުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި "ބަގް" އެއްގެ މައްސަލަ ދިމާވާކަމަށް ފާހަގަ ކުރެވިފައިވާތީ އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އައިއޯއެސް 17 މޮބައިލް އޮޕަރޭޓިން ސޮފްޓްވެއާގެ އަޕްޑޭޓެއްގައި އެޕަލް ކުންފުނިން މި މައްސަލަ އަށް ހައްލެއް ހޯދައިދޭނެ ކަމަށާއި، މި މައްސަލަ އަށް އިތުރު ބައެއް އެޕްލިކޭޝަންތަކުގެ ޑިވެލޮޕަރުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިލިކަން ވެލީގެ ޓެކް ޖަޔަންޓް އިން ބުނެ އެވެ.
އޭއެފްޕީއިން ހޯމަ ދުވަހު ކުރި އިންކުއަރީއަށް ރައްދު ދެމުން އެޕަލް އިން ބުނީ އައިފޯން ހީކުރި ވަރަށް ވުރެ ހޫނުވާން މެދުވެރިވާ ބައެއް ހާލަތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
އެޕަލް އިން ބުނި ގޮތުގައި އައު އައިފޯން 15ގެ ބައެއް ފޯނުތައް ބެކްގްރައުންޑް އެކްޓިވިޓީ އިތުރުވުމުގެ ސަބަބުން އިނިޝިއަލް ސެޓްއަޕަށް ފަހު ދުވަސްކޮޅަކަށް ހޫނުވެދާނެ ކަމަށެވެ.
އެޕަލް އިން ބުނީ އައިއޯއެސް 17 ގައި ހުރި ބަގެއް ވެސް ފެނިފައިވާ ކަމަށާއި އޭގެ އަސަރު ބައެއް ކަސްޓަމަރުންނަށް ކުރާ ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ރަނގަޅު ކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއްގައި އެޑްރެސް ކުރާނެ ކަމަށް އެޕަލްއިން ބުނެއެވެ.
އަނެއް މައްސަލައަކީ ދާދި ފަހުން ތާޑް ޕާޓީ އެޕްލިކޭޝަންތަކަށް އަޕްޑޭޓްތަކެއް ގެނައުމުގެ ސަބަބުން ސިސްޓަމް އޯވަލޯޑްވުންއެޕަލް
ވޯކްލޯޑްގެ ސަބަބުން އައިފޯންގެ ޗިޕްސް ހޫނުވަމުން އަންނަ ކަމަށް ބެލެވޭ އެޕްލިކޭޝަންތަކުގެ ތެރޭގައި އިންސްޓަގްރާމް، އުބާ އަދި އެސްފަލްޓް 9 ކާރު ރޭސިން ގޭމެއް ހިމެނޭ ކަމަށް އޮންލައިން ޕޯސްޓުތަކުން ދައްކަ އެވެ.
އެޕަލް ސަޕޯޓް ޕޭޖަކުން ބުނީ އައިފޯންތައް އެންމެ ފުރަތަމަ ސެޓްކުރާއިރު ނުވަތަ ގޭމް ފަދަ ގްރެފިކްސް އިންޓެންސް އެޕްލިކޭޝަންތަކަށް ބޭނުންކުރާއިރު ހޫނުކަން އިހުސާސްވުމަކީ އާންމު ކަމެއް ކަމަށެވެ.
މި ހާލަތްތަކަކީ އާދައިގެ ހާލަތްތަކެއް ކަމަށާއި ޕްރޮސެސް ނިމުމުން ނުވަތަ އެކްޓިވިޓީ ނިމުމުން ޑިވައިސް އާދައިގެ ފިނިހޫނުމިނަކަށް އެނބުރި އަންނާނެސަޕޯޓް ޕޭޖުން ތަފްސީލުކޮށްދިނެވެ.
ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެޕަލް އައިފޯން 15 ގެ މޮޑެލްތައް ލޯންޗްކޮށް، އެ މީހުންގެ ލައިޓްނިން ޗާޖަރު ޕޯޓްތަކުގެ ބަދަލުގައި ޔުނިވާސަލް ޗާޖަރެއް ގެނައީ ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އުފެދުނު ހަމަނުޖެހުމަކަށް ފަހު އެވެ.
އެޕަލް އިން އައިފޯން ވިއްކާ މިންވަރު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އަގުތައް ބޮޑުވުމުން ކަސްޓަމަރުން އައު މޮޑެލްތަކަށް ބަދަލުވުން ލަސްވެދާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
އައިފޯނުގެ ކެމެރާތަކާއި ޗިޕްތަކަށް ރޯލިން އިމްޕްރޫވްމަންޓްގެ އިތުރުން އެޕަލް އިން ބުނީ ހަތަރު ބާވަތެއް ހިމެނޭ އައިފޯން 15 ގައި މަރާމާތު ފަސޭހަކޮށްދޭ އެތެރޭގެ ބައިތަކާއި ފަހަތު ބިއްލޫރި ފަސޭހައިން ބަދަލުކުރެވޭނެ އައު ފްރޭމެއް ހިމެނޭ ކަމަށެވެ.