ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 12:16
އެޕަލްގެ އެންމެފަހުގެ އުފެއްދުން ވޮޗްސީރީސް 9
އެޕަލްގެ އެންމެފަހުގެ އުފެއްދުން ވޮޗްސީރީސް 9
ރޮއިޓާސް
އެޕަލްވޮޗް ސީރިސް 9
ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި
 
އެޕަލްގެ ޑިޖިޓަލް އަދި ފިޒިކަލް ސްޓޯރފްރަންޓްތަކުން ސްމާޓްވޮޗް ނަގަން އެންގީ މިދިޔަ ހަފުތާގައި

އެޕަލް ވޮޗް ސީރީޒް 9 އަދި އަލްޓްރާ 2 އެމެރިކާއިން ވިއްކުން މަނާކޮށްފައި އޮތް އޮތުން އުވާލަން ކުރާ މަސައްކަތުގެ ދަށުން އެމައްސަލަ އެޕަލް އިން އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަން (އައިޓީސީ) ގައި އިސްތިއުނާފު ކޮށްފިއެވެ.

އެމައްސަލަ އިސްތިއުނާފު ކުރުމާއެކު އެޕަލްއިން ކޯޓުގައި އެދުނީ ސްމާޓްވޮޗްގެ ދެ މޮޑެލް ވެސް އަލުން ޑިޒައިން ކުރުމާ މެދު ގޮތެއް ނިމެންދެން އެ މަނާ ކުރުން ކުއްލި ގޮތަކަށް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ ސްމާޓްވޮޗްތައް އެމެރިކާގެ ފިހާރަތަކުގެ ޝެލްފްތަކަށް އަނބުރާ ވެއްދުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އެޕަލްގެ ޑިޖިޓަލް އަދި ފިޒިކަލް ސްޓޯރފްރަންޓްތަކުން ސްމާޓްވޮޗް ނަގަން މިދިޔަ ހަފުތާގައި އެންގި ނަމަވެސް، މި މަނާކުރުމަށް ރަސްމީކޮށް އަމަލުކުރަން ފަށައިފައި ވަނީ މިއަދުއެވެ.

އެޕަލް އިން ހުށަހެޅި މަސައްލައިގައި ބުނެފައި ވަނީ އެ މަނާ ކުރުން ދަމަހައްޓައިފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އެކުންފުންޏަށް ލިބޭނެ ކަމަށެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ އެކްސްކްލޫޝަން އޯޑަރ އެންފޯސްމަންޓް ބްރާންޗުން އެޕަލްގެ ސްމާޓްވޮޗްތަކުގެ ރީޑިޒައިން ވާޝަންތަކާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އެޕަލްވޮޗް ސީރީސްއަށް މި މައްސަލަ ކުރިމަތިވީ މަސިމޯ ނަމަކަށް ކިޔާ ހެލްތު ޓެކް ފާމަކުން ޕެޓެންޓް ކޮށްފައިވާ ބްލަޑް އޮކްސިޖަން ސެޗުރޭޝަން ޓްރެކިން ޓެކްނޮލޮޖީއާ އެޕަލްއިން ހިލާފުވެފައި ކަމަށްބުނެ ދައުވާ ކުރުމުންނެވެ.

އެމެރިކާގެ އައިޓީސީ އާއި މަސިމޯ އެއްބަސްވީ މިއީ އަސްލު ސެންސަރު ހިމެނޭ ހާޑްވެއާ މައްސަލައެއް ކަމަށާއި އެހެންކަމުން ސޮފްޓްވެއާ ފިކްސްތަކުން އެކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެޕަލް އިން އަންނަނީ ސްމާޓްވޮޗްގެ ދެ މޮޑެލްގެ ސެންސަރުތައް ރީޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލަ އެޕަލްއަށް ކުރިމަތިވެފައި ވިޔަސް އެޕަލް ވޮޗް ސީރީޒް 9 އަދި އަލްޓްރާ 2 ދުނިޔޭގެ އެހެން ގައުމުތަކުން އަދިވެސް އެޕަލް ވޮޗް ގަންނަން ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާރު ހުރިސްޓޮކް ހުސްވަންދެން އެމެރިކާގެ ތާޑް ޕާޓީ ރީޓެއިލަރުންގެ އަތުން ވެސް ގަޑި ގަނެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
0%
50%
ކޮމެންޓް