ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 22:08
އެޕަލް ވޮޗް ސީރީޒް
އެޕަލް ވޮޗް ސީރީޒް
ރޮއިޓާސް
އެޕަލް ވޮޗް ސީރީޒް
އެޕަލް ވޮޗް އޯއެސް 10 މާދަމާ ނެރެނީ
 
އެޕަލް ވޮޗްއޯއެސް 10 ނެރެނީ އައިއޯއެސް 17ގެ ފަންކްޝަންތަކަށް ބޭސްކޮށް

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން ނެރޭ އެޕަލް ވޮޗްއޯއެސް 10 މާދަމާ ނެރޭނެއެވެ.

އެޕަލްއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި "ވޮންޑަލަސްޓް" އިވެންޓުގައި އެޕަލްއިން ބުނީ, އެޕަލް ވޮޗް ސީރީޒް 4 އަދި އޭގެ ފަހުގެ މޮޑެލްތަކަށް ވޮޗްއޯއެސް 10 ނެރޭނީ ސެޕްޓެމްބަރު 18 ވާ ހޯމަ ދުވަހު ކަމަށެވެ.

މި އަޕްޑޭޓުން ލިބޭ ބޮޑު ބަދަލާއެކު އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކުން އެ ބަދަލުތަކަށް އަހުލުވެރިވުމަށް އެޕަލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކުރީގެ އޯއެސްގައި ހުރި ގެސްޗަރތަކާއި ފިޒިކަލް ބަޓަންތަކުގެ ފަންކްޝަންތަކަށް ބޮޑު ބަދަލެއް އައިސްފައިވާނެ ކަމަށް އެޕަލްއިން ބުނެއެވެ.

ވޮޗްއޯއެސް 10ގައި ކޮންޓްރޯލް ސެންޓަރަށް ވަދެވޭނީ ސައިޑް ބަޓަނަށް ފިތައިގެން ކަމަށްވާއިރު، ގަޑީގެ ކޮންމެ ފޭސްއަކުންވެސް ސްވައިޕް ކުރުމުން ކަސްޓަމައިޒް ކޮށްލެވޭ ސްމާޓް ސްޓެކެއްގައި ހުރި ވިޖެޓްތައް ފެންނާނެކަމަށް އެޕަލްއިންބުނެއެވެ. އަދި އެ ވިޖެޓްތައް ސްވައިޕްކޮށް، ކަމާގުޅޭ މައުލޫމާތުތައް ބަލައިލެވޭއިރު، ޑިޖިޓަލް ކްރައުން އަނބުރައިގެންވެސް އެކި ވިޖެޓްތަކާއި އަދި އެހެނިހެން މުހިންމު މައުލޫމާތުތަކަށް އެކްސެސް ވެވޭނެއެވެ.

ގަޑިއާއެކު ލިބޭ އެކި ސްޓޮކް އެޕްތަކަށްވެސް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ޚާއްސަ ގޮތެއްގައި މުހިންމު މައުލޫމާތުތަކަށް އިސްކަން ދޭފަދަ ބަދަލުތަކާއި, އެޕްލިކޭޝަން އިތުރަށް ސިމްޕްލިފައިކުރުން ފަދަ ބަދަލުތަކެއްވަނީ ގެނެސްފައެވެ. އައު އޯއެސްއާއެކު މުޅިން އައު ދެ ފޭސް ޑިޒައިންވެސް ވަނީ ތައާރަފްކޮށްފައެވެ.

އެޕަލްގެ އައިއޯއެސް 17ވެސް މާދަމާ ނެރެން ހަމަޖެހިފައިވާއިރު، އައިއޯއެސް 17ގައި ހުންނާނެ ނޭމްޑްރޮޕް ފީޗާއަށްވެސް ވޮޗްއޯއެސް 10ން ސަޕޯޓްދީފައި ވާނެކަމަށް އެޕަލްއިން ބުނެއެވެ. އެގޮތުން އަލަށް ގުޅާ, ނުވަތަ މެސެޖްކުރަން އަލަށް ބޭނުންވާ މީހެއްގެ ނަންބަރު ޓައިޕް ކުރުމުގެ ބަދަލުގައި، އެ މީހެއްގެ ނަންބަރު ފެންނަ ގޮތަށް، ނޭމްޑްރޮޕް މެދުވެރިކޮށް ކޮންޓެކްޓް ޑިޓެއިލްސް ސްވައިޕް ކުރެވޭނެއެވެ. އެކަމަކު ނޭމްޑްރޮޕް ފަންކްޝަން މަސައްކަތްކުރާނީ އެއާޑްރޮޕް މެދުވެރިކޮށް ކަމަށްވާއިރު، ފޯނާ އެޕަލްވޮޗާ ދެމެދު އެކަށީގެންވާ ކައިރި މިނެއް ހުންނަންޖެހޭނެއެވެ.

އެޕަލްއިން ވަނީ ކުރިއަށް އޮތް އަޕްޑޭޓްގެ ވާޝަން ޓެސްޓުކުރުމުގެ ބޭނުމަށް ޑިވެލޮޕަރުންނަށް ދޫކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް