ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 08:00
އެޕަލް ވޮޗް ސީރީސް 9 މިހާރު މޫލީ މެދުވެރިކޮށް ގަނެވޭނެ
އެޕަލް ވޮޗް ސީރީސް 9 މިހާރު މޫލީ މެދުވެރިކޮށް ގަނެވޭނެ
އުރީދޫ
އެޕަލް ވޮޗް ސީރީޒް 9
އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ
 
އެޕަލް ވޮޗް ސީރީޒް 9 8750 ރުފިޔާއަށް އަދި 45 މިލިމީޓަރު ގެ ގަޑި 9250 ރުފިޔާއަށް ލިބެން ހުންނާނެ

އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑި - އެޕަލް ވޮޗް ސީރީޒް 9 ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސްމާޓް ގަޑި އަޕްގްރޭޑް ކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 9 އަށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ޑިވައިސްގެ ދެ ސައިޒެއް ލިބެން ހުންނާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ. އެއީ 41 މިލިމީޓަރުގެ އެޕަލް ވޮޗް ސީރީޒް 9 8750 ރުފިޔާއަށް އަދި 45 މިލިމީޓަރުގެ ގަޑި 9250 ރުފިޔާއަށެވެ.

އުރީދޫއިން ބުނީ އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީ އާއެކު ތަފާތު ފީޗާތަކެއް ހިމެނޭ ކަމަށެވެ. އޭގޮތުން މި ސީރީޒް އަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއަށްވާއިރު، މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއެކު ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުންކުރެވެއެވެ.

ކުރީގެ އެޕަލް ވޮޗްތަކާ އަޅާބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި ކަސްރަތު ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. މި އައު ފީޗާތަކާއެކު އެޕަލް ވޮޗް ސީރީޒް 9 ގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް