ލިވަޕޫލުގެ މައިނޯރިޓީ ހިއްސާ ވިއްކާލަން އެކުލަބު ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އެއްބަސްވެއްޖެ އެވެ.
ޖުމުލަ 82 މިލިއަނާއި 164 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަށް ލިވަޕޫލްގެ މައިނޯރިޓީ ހިއްސާ ގަންނަނީ ދުނިޔޭގެ ކުޅިވަރަށް އިންވެސްޓްކުރަމުންދާ ގްރޫޕެއް ކަމަށްވާ ޑިނިސްޓީ އިކުއިޓީއިންނެވެ.
ލިވަޕޫލުން ބުނީ ކުލަބަށް އަލަށް ލިބޭ އާމްދަނީ ބޭނުންކުރާނީ ދަރަނި އަދާކުރުމަށް ކަމަށެވެ.
"އަހަރުމެންގެ ދުރު މުސްގަތްބަލަކަށް ބަލައިގެން ލިވަޕޫލާމެދު ގެންގުޅޭ ތަސައްވުރަށް ބަދަލެއް ނާދޭ. އަހަރުމެން އަބަދުވެސް ބުނަމުންދިޔައީ ލިވަޕޫލަށް އިންވެސްޓްކުރާނެ ރަނގަޅު ބަޔަކުވެއްޖެނަމަ މަރުހަބާ ކިޔާނެ ކަމަށް. އެއީ ކުލަބުގެ މާލީ ކަންކަމާއި ކުރިއަށް ދިއުމަށް ލިބޭ ބާރަކަށްވާނެ ބަދަލެއް ންގުޅޭ ތަސައްވުރު އޮީ،"އެފްއެސްޖީގެ ރައީސް މައިކް ގޯޑަން ބުންޏެވެ.
ލިވަޕޫލަށް ވަނީ ކޮވިޑް19ގެ ތެރޭގައި 100 މިލިއަން ޕައުންޑްގެ ގެއްލުމެއްވެފަ އެވެ. އެކަމަކު އެކުލަބުން ވަނީ ކޮވިޑްގެ ތެރޭގައި އައު ޓްރޭނިން ގްރައުންޑް ބިނާކުރުމަށް 50 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އަދި ކުރިން ޕްރެކްޓިސްކުރި ދަނޑު ކަމަށްވާ މެލްވުޑް ލިވަޕޫލްގެ އަންހެން ޓީމަށް ހޯދައިދިނުމަށް އެތަން އަލުން ގަތުމަށް 12 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. މީގެ އިތުރުން ސްޓޭޑިއަމްގެ ރޯޑް ސްޓޭންޑް ހެދުމަށް 80 މިލިއަން ޕައުންޑް އަދި 2016 ވަނަ އަހަރު ހުޅުވި މައި ސްހަރު ހުިއަން ޕައުންޑޓޭންޑް ހެދުމަށް 114 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
މިހުރިހާ ހަރަދަކާއެކު ވެސް މި ސީޒަނަށް ހަތަރު ކުޅުންތެރިއަކު ގަތުމަށް 145 މިލިއަން ޕައުންޑް ހޭދަކޮށްފައިވެ އެވެ. އިނގިރޭސި އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ލިވަޕޫލް ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ގިނަ އަދަދަކަށް ތަށިތައް ހޯދައިފަ އެވެ.