ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 05:24
ޒޮބޮސްލާއީ ލިވަޕޫލަށް ގޯލު ޖަހައިދެނީ؛ ލިވަޕޫލް މޮޅުވީ 3-1އިން
ޒޮބޮސްލާއީ ލިވަޕޫލަށް ގޯލު ޖަހައިދެނީ؛ ލިވަޕޫލް މޮޅުވީ 3-1އިން
ބީބީސީ
ލިވަޕޫލް
ޒޮބޮސްލާއީގެ ގޯލުން ލިވަޕޫލް އަނެއް ބުރަށް
ލީޑް ހޯދައިދިން ލަނޑު ޒޮބޮސްލާއީ ޖެހީ 70 ވަނަ މިނިޓްގައި

އެސްޒޮބޮސްލާއީ ޖެހި ގޯލާއެކު 3-1އިން ލިވަޕޫލް ލެސްޓާ ސިޓީ ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުން ލިވަޕޫލް ކުރިއަށް ޖެހިލައިފި އެވެ.

ކަސޭ މެކްއަޓީރު ތިން ވަނަ މިނިޓްގައި ލެސްޓާ އަށް ލީޑު ހޯދާދީފައިވަނިކޮށް ލިވަޕޫލުން އެއްވަރުކުރީ ކައުންޓަ އެޓޭކްގަ އެވެ. މިދިޔަ ސީޒަނުގައި ރެލިގޭޓްވުމުން އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅެ، މިވަގުތު ތާވަލުގެ ކުރީގައި އޮތް ޓީމު ކޮޅަށް ލިވަޕޫލުގެ ފުރަތަމަ ގޯލު ޖެހީ ގޯޑީ ގަޕޯ އެވެ.

ވަރަށް ޒުވާން ޓީމެއް ނެރުނު ލިވަޕޫލުން 48 ވަނަ މިނިޓްގައި ޖެހި މި ގޯލަށް ފަހު ލީޑް ހޯދައިދިން ލަނޑު ޒޮބޮސްލާއީ ޖެހީ 70 ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން ޑިއެގޯ ޖޮޓާ ވަނީ މެޗު ނިމެނިކޮށް ތިން ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ.

ކޯޗު ޔާގެން ކްލޮޕް މެޗަށް ފަހު ބުނީ ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށާއި މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

- ކޮމެންޓް