ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 19:42
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ
ރާއްޖެއެމްވީ
ރާއްޖޭގެ ކަނޑުގެ ސަރަހައްދު
އީއީޒެޑް އަކީ ވިއްކޭ ތަނެއް ނޫން، ކަނޑުވިއްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދައްކަނީ ސަރުކާރު ވައްޓާލުމަށް - ދީދީ
ރައީސް ޞާލިހު ރާއްޖޭގެ ސަރަހައްދު ވިއްކާލި ކަމަށް ބުނެ ދައްކަނީ ބުހުތާން ދޮގު ވާހަކަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ
އީއީޒެޑް އަކީ ވިއްކޭ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި
އޭނާ ވިދާޅުވީ އީއީޒެޑް ކޮންސެޕްޓް ދުނިޔެ އަށް ތައާރަފްވެގެން އައި އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ނާސިރު ކަމަށް

ކަނޑުވިއްކާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދައްކަނީ ސަރުކާރު ވައްޓާލުމަށްކަމަށާއި ގައުމުގެ އިމާއި ގުޅުވައިގެން ދައްކަނީ ދޮގު ވާހަކަތައް ކަމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ޗާގޮސްގެ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އިން ވިއްކާލި ކަމަށް ބުނެ ދައްކަނީ އޮށްޓަރެއް ހުރި ވާހަކަ އެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ގޮތަކަށް ކަނޑުގެ ސަރަހައްދުތައް ވިއްކުމަކީ ކުރެވޭނެ ކަމެއް ވެސް ނޫން ކަަމަށް އޭނާ ވިދާޅުވިއެވެ. އީއީޒެޑް އަކީ ވިއްކޭ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީއީޒެޑް ކޮންސެޕްޓް ދުނިޔެ އަށް ތައާރަފްވެގެން އައި އިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ނާސިރު ކަމަށެވެ. އޭރު ރާއްޖެ އާއި މަލިކާއި މެދު އޮންނަ ބައި ހަމައަށް ބައިކުރި ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިރު އުތުރުގައި އޮތް ސިލޯނާއި މެދު ވެސް އަމަލު ކުރިގޮތަކީ އެއީ ކަަމަށް އޭނާ ވިދާޅުވިއެވެ. އީއީޒެޑް ރެޖިސްޓްރީވީ 1980ގެ އަހަރުތަކުގެ ތެރޭގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަލިކާއި ރާއްޖެ އާއި ދެމެދު 200 މޭލު ނުލިބޭ ކަމަށައި ސަރަހައްދު ބެހީ ހަމަހަމަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ހުޅަނދުން އެއްވެސް ގޮތަކަށް އެ މައްސަލަ ދިމާ ނުވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއަށް ވުރެ ސޯމާލިޔާ ފަދަ ގައުމުތައް ވެސް އޮތީ މާ ދުރުގައި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދުކުނުގެ ކަނޑުގެ ސަރަހައްދުގައި އޭރު އީއީޒެޑް ކޮމިޝަން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިންނާއި މަޝްވަރާކުރީ ދެ ބައިމީހުން އެއްވަރަކަށް ބަހަން. ނަމަވެސް އިނގިރޭސިންނާއި އެކު އެ ވާހަކަ ދައްކާފަ ފަހުން އަމިއްލަ ޗާޓެއް ހެދީ. ހެދި އިރު ހުރީ ހަތަރެސްކަން ގޮޅިއެއް ގޮތަށް، އެ ދޭތެރޭގައި ޖެހީ 200 މޭލު. އިނގިރޭސިން އެ ގަބޫލެއް ނުކުރޭ. އެކަމަކު ކޯޓަކަށް ގޮސް ޗެލެންޖުކޮށް އެކަހަލަ ކަމެއް ނުކުރޭ. އެތަނުގައި 200 މޭލު ލިބޭ ވަރަށް ހިއެއް ނުވޭ ހުންނާނެ ހެނެއް. އެހެން އޮއްވާ ޗާގޮސް މައްސަލައިގައި ޔޫއެން އަށް މޮރިޝަސް އިން ވަނީ. 1996 ވަނަ އަހަރު ތެރޭގައި ރޭކާލީ މި މައްސަލަ ހައްލުކުރަން ޖެހޭކަން. އެހެން އޮއްވާ މި ވާގޮތަކީ މޮރިޝަސް އިން މި މައްސަލަ އިންޓަރނޭޝަނަލް ކޯޓަށް ވެއްދީ.
ޖެނެރަލް ދީދީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަނޑުގެ ސަރަހައްދު ހަަމަހަކޮށް ބަހަން އެއްވަސްވި ނަމަވެސް އެކަން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މޮރިޝަސްގެ ބައެއްގެގޮތުގައި ޗާގޮސް ރާއްޖެއިން އޭރު ބަލައި ނުގަންނަ ކަމަށް ދީދީ ވިދާޅުވިއެވެ. ފަހުން އިންޓަރނޭޝަނަލް ކޯޓުންނާއި ޔޫއެން ސިސްޓަމުން ވަކިގޮތަކަށް އެ މައްސަލައިގައި ގޮތް ނިންމި ކަމަށާއި އެ ހިސާބުން ދެން ރާއްޖެ އިން ވާހަކަދައްކަން ޖެހޭނީ މޮރިޝަސް އާއި ކަމަށް ކޯޓުން އެންގި ކަމަށެވެ. ރައީސް ޞާލިހު ފޮނުއްވި ސިޓީއަކީ އެ ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތުގައި ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގައި ރައީސް އިސް ކުރެއްވީ ޑިޕްލޮމަސީ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޞާލިހު ރާއްޖޭގެ ސަރަހައްދު ވިއްކާލި ކަމަށް ބުނެ ދައްކަނީ ބުހުތާން ދޮގު ވާހަކަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް